ޚަބަރު

ޕީޕީއެމްއަށް ވަނުމަށް އެދި 1800 އަށްވުރެ ގިނަ ފޯމް


ޕީ.ޕީ.އެމުން އަށާރަ ސަތޭކައަށްވުރެ ގިނަ މެންބަރޝިޕް ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށައަޅައިފިއެވެ.

މި ފޯމްތައް އިލެކްޝަންސް ކޮމިޝަނަށް ހުށައެޅުއްވީ، އެޕާޓީގެ ރަޖިސްޓްރާ މުޙައްމަދު ރަޝީދުއެވެ. ޕީ.ޕީ.އެމުން ޕާޓީގެ ހިންގެވުން މުސްތަޝާރު، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ހަވާލުވެވަޑައިގެންނެވި ފަހުން ޕާޓީގެ މެންބަރަކަށްވުމަށް އެދި މިހާތަނަށް ގާތްގަނޑަކަށް ހަތަރުހާހަށްވުރެ ގިނަ ފޯމް ޕާޓީގެ އޮފީހަށް ލިބިފައިވާކަމަށް ޕީޕީއެމްއިން ބުނެއެވެ.

ޕީ.ޕީ.އެމްއިން ވަނީ ޕާޓީއަށް މެންބަރުން އިތުރުކުރުމަށް ޚާއްސަ ކެމްޕެއިނެއް ފަށާފައިވާކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން އާންމުކުރެއްވި ސިޔާސީ ޕާޓީގެ ދަފްތަރުގައި ވާގޮތުން އެންމެ މެންބަރުން ގިނަ ޕާޓީއަކީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ޕީ.ޕީ.އެމްއެވެ.

ޕީޕީއެމްގެ މެމްބަރުންގެ އަދަދު 37 ހާހަށްވުރެ މައްޗަށް އަރައެވެ.