ދުނިޔެ

އަފްޣާނިސްތާންގެ ތިން މިނިސްޓަރަކު މަޤާމުން ވަކިކުރައްވައިފި


މަޤާމުގެ ޒިންމާތައް އެންމެ ފުރިހަމައަށް އާދާނުކުރެވޭކަމަށް ބުނެ އަފްޣާނިސްތާންގެ ތިން މިނިސްޓަރުން މަޤާމުން ވަކިކުރައްވައިފިއެވެ.

މި ތިން މިނިސްޓަރުން މަޤާމުން ވަކިކޮށްފައިވަނީ އަފްޣާނިނސްތާނުގެ ޤާނޫނުހަދާ މަޖުލީހުގައި ނެގި އިތުބާރުނެތްކަމުގެ ވޯޓުން ތާއީދުނުލިބުމާއި ގުޅިގެންނެވެ. 

މިގޮތުން މަޤާމުން ވަކިކުރައްވާފައިވަނީ އަފްޣާނިސްތާނުގެ ފޮރިން މިނިސްޓަރާއި، ޕަބްލިކް ވޯކްސް މިނިސްޓަރު އަދި ސޯޝަލް ސާރވިސް މިނިސްޓަރެވެ. މި މިނިސްޓަރުންނާއި މެދު އިތުބާރު ނެތްކަމަށް ވޯޓު ނަގާފައިވަނީ މަޤާމުގެ ޒިންމާ އަދާނުކުރެވޭތީއާއި، މިނިސްޓްރީތަކަށް ކަނޑައެޅިފައިވާ ބަޖެޓު އެކަށީގެންވާގޮތަށް ބޭނުންނުކުރެވެނީކަމަށް ބުނެއެވެ. 

މައުލޫމަތުލިބޭ ގޮތުގައި އަފްޣާނިސްތާނުގެ ސަރުކާރުގެ އިތުރު ސާދަ މިނިސްޓަރުންގެ އިތުބާރު ނެތްކަމުގެ ވޯޓުވެސް ނެގުމަށް ވަނީ ހަމަޖެހިފައެވެ.