ކުޅިވަރު

ފަޚުރުވެރި ވަނަތަކާއެކު ޤައުމީ ބޮޑީބޯޑިންގް ޓީމް މާލެ އަތުވެއްޖެ


މެލޭޝިޔާގައި ބޭއްވި ރާޅާ އެޅުމުގެ ދެ މުބާރާތުން އެއްވަނަ، ދެވަނަ އަދި ހަތަރުވަނަ ހޯދި ރާޅާ އެޅުންތެރިން މާލެ އަތުވެއްޖެއެވެ. 

އިބްރާހީމް ނާސިރު އިންޓަރ ނޭޝަނަލް އެއާޕޯޓުން ޤައުމީ ބޮޑީ ބޯޑިންގް ޓީމަށް މަރުޙަބާކީ ޔޫތު މިނިސްޓްރީގެ އިސް ބައެއް ބޭފުޅުންނާއި ޓީމް މެމްބަރުން ޢާއިލާތަކުންނެވެ. މެލޭޝިޔާގައި ބޭއްވި ދެ މުބާރާތް ކަމަށްވާ ޑޮރޮޕް ނީ އަދި ޕްރޯން އޯޕެން ޑިވިޝަންގެވެސް ޗެމްޕިއަންކަން ހޯދީ ރާއްޖޭގެ ރާޅާ އެޅުންތެރިޔާ ޢަލީ ހުޝްރުވާނެވެ. ޑޮރްޕް ނީގެ ދެވަނަ ހޯދީ އިޙުސާން މުޙައްމަދެވެ. އިޙުސާންވަނީ ޕްރޯން އޯޕަން ޑިވިޝަންގެ ހަތަރުވަނަ މަޤާމްވެސް ހޯދާފައެވެ. ޕްރޯން އޯޕަން ޑިވިޝަންގެ ދެވަނަ ހޯދީ އަސްވާން މުޙައްމަދުެވެ. މެލޭޝިޔާގެ ކުއަންޓަންގައި ބޭއްވި މި ދެމުބާރާތުން އެއްވަނަ ހޯދި ޢަލީ ހުޝްރުވާން ބުނީ މިދެމުބާރާތަކީވެސް ވަރަށް ޗެލެންޖިންގް ދެމުބާރާތް ކަމަށެވެ. ކޮންމެ މުބާރާތަކުންވެސް ތިންވަނަ މަޤާމް ގެއްލުމަކީ މުބާރާތުގެ ވާދަވެރިކަން ވަރަށް ރަނގަޅަށް ދޭހަވި ކަމެއް ކަމަށެވެ. ޤައުމީ ކުޅިވަރެއްގެ ގޮތުގައި ބޮޑީ ބޯޑިން ކަނޑައެޅިފަހުން ބައިނަލް އަޤްވާމީ މުބާރާތްތަކަކުން މިފަދަ ވަނަތަކެއް ލިބުމަކީ ކުރިމަގަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއްކަމަށް ހުޝްރުވާން ބުންޏެވެ. img:http://s1.psmnews.mv/images/660x400/14822536441930.jpg|މެލޭޝިޔާގައި ބޭއްވި ބޮޑީބޯޑިން ދެމުބާރާތުން ވަނަތަށް ހޯދި ބޮޑީ ބޯޑާސް / ފޮޓޯ:ޕީއެސްއެމް

މުބާރާތުގެ ދެވަނަ އާއި ހަތަރުވަނަ މަޤާމް ހޯދި އިޙުސާންއާއި އަސްވާންބުނީ ގޮންޖެހުންތަކާ އެކުވެސް ދެމުބާރާތުގެ މުހިންމު ވަނަތަށް ލިބުމަކީ އުފާވި ކަމެއް ކަމަށެވެ. ހަމަ އެހެންމެ އަލަށް އަންނަން ތިބި ބޮޑީ ބޯޑާސްއަށްވެސް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.

 މި ދެމުބާރާތް މެލޭޝިޔާގައި ކުރިޔަށް ގެންގޮސްފައިވަނީ މިމަހުގެ ސަތާރަ އަދި އަށާރަ މި ދެދުވަހުއެވެ.