ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ރ. ދުވާފަރަށް ވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރ. ދުވާފަރަށް މިއަދު ވަޑައިގެންނަވައިފިއެވެ. 

އެރަށަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން އެރަށުގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވައިފައެވެ. ރައީސް ޔާމީން ދުވާފަރަށް ވަޑައިގެންނެވީ، މިރޭ އެރަށުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕީޕީއެމް ޖަލްސާ ޝަރަފްވެރިކޮށްދެއްވުމަށެވެ. ޕީޕީއެމުން މިރޭ ދުވާފަރުގައި ބާއްވާ ޖަލްސާއަކީ އެޕާޓީއަށް 5 އަހަރު ފުރުން ފާހަގަކުރުމަށްޓަކައި ބާއްވާ ޖަލްސާއެކެވެ. ޕީޕީއެމުންވަނީ އެޕާޓީގެ އިސްފަރާތްތަކުން ބައިވެރިވެގެން އަތޮޅުތެރޭގެ އެކި ރައްރަށުގައި ޖަލްސާތައް ބޭއްވުމަށް ނިންމާފައެވެ.