ޚަބަރު

ދިރާގުން ޕްލާސްޓިކް ފެންފުޅި ބޭނުންކުރުން ހުއްޓާލައިފި


ދިރާގުން އެއްފަހަރު ބޭނުން ކުރުމަށްފަހު އެއްލާލެވޭ ޕްލާސްޓިކް ފެންފުޅި ބޭނުންކުރުން ހުއްޓާލައިފިއެވެ.

މިއީ، ދިރާގުން މިދިޔަ މަހުގެ ސޯޅާގައި އިފްތިތާޙުކުރި "ފޯ ދި އޯޝަންސް" ކެމްޕެއިންގެ ދަށުން ކުރަން ރާވާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މި ކެމެޕޭން ކާމިޔާބު ކެމްޕޭނަކަށް ހެދުމަށްޓަކައި، ދިރާގުގެ މައި ޢިމާރާތުގެ 7 ފަނގިފިލައެއްގައި ވަނީ ފެން ކޫލަރު ބަހައްޓާފައެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމްކޮށްފައިވާ ދިރާގުގެ 9 ރީޖަނަލް އޮޕަރޭޝަން ސެންޓަރުތަކުގައިވެސް ފެން ކޫލަރު ބަހައްޓާފައެވެ. މީގެއިތުރުން 630 މުވައްޒަފަކަށް ގިނަ ދުވަހު ގެންގުޅެވޭ ކަހަލަ ފެންފުޅި ވަނީ ހަދިޔާކޮށްފައެވެ.

img:http://s4.psmnews.mv/images/660x400/14787586132242.jpg|630 މުވައްޒަފަކަށް ގިނަ ދުވަހު ގެންގުޅެވޭ ކަހަލަ ފެންފުޅި ދިރާޤުން ވަނީ ހަދިޔާކޮށްފައި

މި ފުޅިތައް މުވައްޒަފުންނަށް ހަދިޔާކުރުމުގެ މަޤްޞަދަކީ، އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ފުޅި ބޭނުންކުރުން ހުއްޓުވުމުގެ އާދަ މުވައްޒަފުންގެ ކިބާގައި އަށަގެންނެވުން ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ކުރިއަށްގެންދާ "ފޯ ދި އޯޝަންސް" ގެ ދަށުން ވަނީ، ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި ގިނަ މުއްދަތަކަށް ބޭނުންކުރެވޭނެ ކޮތަޅެއް ބާޒާރަށް ނެރެފައެވެ.