ދުނިޔެ

މަސައްކަތްކުރާނީ އެންމެންނާ ގުޅިގެން - ޓްރަމްޕް


އެމެރިކާއާއެކު މަސައްކަތް ކުރަން ބޭނުންވާ ހުރިހާ ގައުމަކާވެސް ގުޅިގެން މަސައްކަތްކުރައްވާނެ ކަމަށާއި، އޭނާގެ ސަރުކާރުގައި ބައްލަވާނީ، ހުރިހާ އެންމެނާވެސް ގުޅިގެން މަސައްކަތް ކުރުމަށް ކަމަށް އެމެރިކާގެ ރިޔާސީ އިންތިޚާބް ކާމިޔާބުކުރެއްވި ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓް  ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް މިހެން ވިދާޅުވީ އެމެރިކާގެ ސާޅީސްފަސް ވަނަ ރައީސްކަމުގެ މަގާމް ކަށަވަރުވުމާއެކު އޭނާގެ ސަޕޯޓަރުންނާއި މުޚާތަބު ކުރައްވާ ފާހަކަފުޅު ދައްކަވަމުންނެވެ. އެމެރިކާގެ އައު ރައީސް ޓްރަމްޕް ވިދާޅުވީ އޭނާ މަސައްކަތްކުރައްވާނީ ގައުމުގެ ހުރިހާ ރައްޔިތުންގެ މަންފާއަށް ކަމަށާއި އެއްވެސް ރައްޔިތަކު ބާކީނުކުރައްވާނެ ކަމަށެވެ.

img:http://s1.psmnews.mv/images/660x400/14786860058059.jpg|އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހު ޓްރަމްޕް އާއްމުންނާއި ބައްދަލުކުރައްވަނީ

މިހާތަނަށް ސަރުކާރުގެ އެއްވެސް މަގާމެއް އަދާނުކުރައްވާ ގައުމުގެ ރައީސް ކަމުގެ މަގާމަށް ވަޑައިގެންނެވި ޓްރަމްޕް ވިދާޅުވީ އޭނާ މަސައްކަތް ކުރައްވާނީ އެމެރިކާގެ އުމްރާނީ ތަރައްގީއަށް ބައްލަވައިގެން ކަމަށާއި އެމެރިކާގެ ސިޓީތަކަކީ އެރޮނގުން ދުނިޔޭގައި ނެތްފެންވަރުގެ ސިޓީތަކަކަށް ހައްދަވާނެ ކަމުގައެވެ. އިންތިޚާބްގައި ޑިމޮކްރެޓިކް ޕާޓީން ވާދަ ކުރެއްވި ހިލަރީ ކްލިންޓަން ވަނީ ނަތީޖާއާމެދު އެކަމަނާ އެއްޗެއް ވިދާޅުވާނީ ފަހުގެ ވަގުތެއްގައި ކަމަށް ވިދާޅުވެފައެވެ.