ޚަބަރު

ސިޔާސީޕާޓީކަށް މެމްބަރުން ބެހިފައިވާ ގޮތް މަޖިލީހުން އާއްމުކޮށްފި


ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ސިޔާސީ ޕާޓީތަކަށް ބެހިފައިވާގޮތް މަޖިލީހުގެ ރިޔާސަތުން އިޢުލާންކުރައްވައިފިއެވެ.

މިއީ، ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ގޮތުގައި ހިމެނިވަޑައިގެންނެވި ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަޙްމަދު، ޕީޕީއެމްއާ ގުޅިވަޑައިގަތުމުން އައި ބަދަލެކެވެ.

ސިޔާސީ ޕާޓީތަކަށް މެމްބަރުން ބެހިފައިވާ ގޮތް މަޖިލީހުން ހާމަކުރެއްވިއިރު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް ނިސްބަތްވެވަޑައިގަންނަވާ ތިބީ 48 މެމްބަރުންނެވެ. ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ނިސްބަތްވެވަޑައިގަންނަވާ 22 މެމްބަރުން އެބަތިއްބެވެ. ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ނިސްބަތްވެވަޑައިގަންނަވާ 7 މެމްބަރުން އަދި މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އަށް ނިސްބަތްވެވަޑައިގަންނަވާ 6 މެމްބަރުން އެބަތިއްބެވެ. އަދި އަދާލަތު ޕާޓީގައި އެއް މެންބަރަކާއި ވަކިޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ގޮތުގައި އެއް މެންބަރަކު މިހާރު މަޖިލީހުގެ ދަފްތަރުގައިވެއެވެ.