ސިއްހަތު

ޔޫރަޕް ފެންވަރުގެ ކްލިނިކެއް ހުޅުމާލޭގައި ހުޅުވައިފި


ޔޫރަޕް ފެންވަރުގެ ޞިއްޙީ ޚިދުމަތްތަކާއެކު "ޔޫރަޕިއަން ކްލިނިކް މޯލްޑިވްސް"ގެ ނަމުގައި ހުޅުމާލޭގައި ކްލިނިކެއް ހުޅުވައިފިއެވެ.

މި ކްލިނިކް ހުޅުވައިދެއްވީ މިނިސްޓްރީ އޮފް ހެލްތްގެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު ރަފީޤް ހަސަންއެވެ. މި ކްލިނިކަކީ ރާއްޖެ އަންނަ ފަތުރުވެރިންނާއި ބިދޭސީންނަށް ފަސޭހައިން އެމީހުނަށް ބޭނުންވާ ޚިދުމަތް ޔޫރަޕްގެ ފެންވަރުގައި ދިނުމުގެ ގޮތުން އަމިއްލަ ފަރާތަކުން އިސްނަގައިގެން ހަދާފައިވާ ކްލިނިކެކެވެ.

ކްލިނިކް މޯލްޑިވްސްގެ ކޯ ފައުންޑަރ، ޑޮކްޓަރ ޖޯސެފް ވިދާޅުވީ ރެޓްރޯ ކާޑިއޯގްރާމް ހެދޭގޮތަށް ހަދާފައިވާ މި ކްލިނިކުން އާދައިގެ ފިޒިކަލް އެގްޒަމިނޭޝަންސް ހެދުމާއި ލޭގެ ޕްރެޝަރު ބެލުން ފަދަ ޚިދުމަތް ދިވެހި ރައްޔިތުންނާއި ބިދޭސީންނަށްވެސް ލިބެން ހުންނާނެ ކަމަށެވެ.

ޔޫރަޕިއަން ކްލިނިކް މޯލްޑިވްސްއިން ބުނީ ސްޕެޝަލިސްޓުންނާއި މެޑިކަލް ލެބެއް ޤާއިމްކުރުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފައްޓާނެކަމަށެވެ.