އަންނަ އަހަރު ތެރޭގައި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޤާއިމްކުރެވޭނެ ކަމަށް ކީރިތި ޤުރުއާނާއިބެހޭ މަރުކަޒުން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްއަށް ދިން އިންޓަވިއުއެއްގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ރައީސް އިބްރާހިމް ރަޝީދު މޫސާ ވިދާޅުވީ އަންނަ އަހަރު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އެ މަރުކަޒުގެ ގޮފިތައް ހުޅުވި، ކިޔަވައިދެއްވަން ފައްޓާނެކަމަށެވެ. އަދި އެ މަރުކަޒުގެ ގޮތްޕެއް ނެތް މިހާރު އޮތީ ފަސް ރަށެކެވެ.
ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ވަނީ މިހާތަނަށް ފަނަރަ އަތޮޅެއްގައި އެ މަރުކަޒުގެ ގޮފިތައް ހުޅުވައި އެތަންތަނުގައި އެކިއެކި ކޯސްތައް ހިންގަމުންނެވެ. އެގޮތުން އަތޮޅުތެރޭގައި ޤާއިމްކޮށްފައިވާ ގޮފިތަކުން ހާހެއްހާ ކުދިން ކިޔަވަމުންދާއިރު މާލޭގައި ހުންނަ ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގައި ތޭރަ ސަތޭކައަށްވުރެ ގިނަ ކުދިން ކިޔަވަމުންދާ ކަމަށް އެ މަރުކަޒުން ވިދާޅުވެއެވެ.
ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުން ކުރިއަށްގެންދަވާ ކޯސްތައް ހިންގަވަނީ ސަރުކާރުގެ އެހީގައި އެއްވެސް ކުއްޖެއްގެ އަތުން ފީއެއް ނެއްގެވުމެއް ނެތިކަން ފާހަގަކޮށްލެވެއެވެ.