ޚަބަރު

ދިވެހި އަންހެނަކު ބަންގްލަދޭޝްގައި ހާލުގައި ޖެހިފަ !


ދިވެހި އަންހެނަކު ބަންގްލަދޭޝްގައި ހާލުގައި ޖެހިގެން އުޅޭކަމުގެ މަޢުލޫމާތު ލިބިގެން، އެކަން ބައްލަވަމުން ގެންދަވާކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ހާމަކުރައްވައިފިއެވެ.

ފޮރިން މިނިސްޓްރީން ނެރުއްވި ބަޔާނުގައި ވިދާޅުވީ ދިވެހި އަންހެނަކު ހާލުގައި ޖެހިފައިވާކަމަށް ބުނެ މިދިޔަމަހުގެ 18 ވަނަ ދުވަހު ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް މައްސަލައެއް ހުށަހަޅާފައިވާކަމަށެވެ. އަދި އެއާއެކު މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ޑާކާގައި ހުންނަ ދިވެހި އެމްބަސީއާއި ފޮރިން މިނިސްޓްރީން ހަރަކާތްތެރި ވަމުންދާކަމަށްވެސް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

މީގެ އިތުރުން އަންހެންމީހާގެ އާއިލާއާ މިނިސްޓްރީން ބައްދަލުކޮށް މިކަމުގައި އަމަލުކުރަންވީ ގޮތުގެ އިރުޝާދުދެއްވާފައިވާކަމަށާއި، މިނިސްޓްރީގެ ފުރިހަމަ އެއްބާރުލުން އާއިލާއަށް ލިބޭނެކަމުގެ ޔަޤީންކަންވެސް އެއާއިލާއަށް ދެއްވާފައިވާކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.