ތަޢުލީމު

ހުރިހާ ސްކޫލަކަށް އެޑިއުކޭޝަން މިނިސްޓަރ ޒިޔާރަތްކުރައްވައިފި


އެއްވެސް ކުއްޖަކު ބާކީ ނުކޮށް ތައުލީމު ފޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅުވާ ސިޔާސަތުގެ ތަންފީޒުކުރެއްވުމަށް ސްކޫލްތަކަށް ދިމާވެފައިވާ ދަތިތައް ބައްލަވާލެއްވުމަށް ރާއްޖޭގެ ހުރިހާ ސްކޫލަކަށް އެޑިއުކޭޝަން މިނިސްޓަރ ޑރ އައިޝަތު ޝިހާމް ދަތުކުރައްވައިފިއެވެ. 

މީ ރާއްޖޭގެ ތާރީޚުގައި އެޑިއުކޭޝަން މިނިސްޓަރަކު ރާއްޖޭގެ ހުރިހާ ސްކޫލަކަށް ޒިޔާރަތްކުރެއްވި ފުރަތަމަ ފަހަރެވެ. 

މި ސަރުކާރުގެ ތައުލީމީ އެންމެ ބޮޑު އެއް ސިޔާސަތަކީ އެއްވެސް ކުއްޖެއް ބާކީ ނުކޮށް ތައުލީމް ދިނުމެވެ. މި ސިޔާސަތު ތަންފީޒުކުރެއްވުމަށް އެޑިއުކޭޝަން މިނިސްޓްރީން ގެންދަވަނީ  ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިގޮތުން އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު ޝިހާމު މިވަނީ ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް ދަތުރުކުރައްވާ ސްކޫލްތަކުގެ ހާލަތު ގާތުން ބައްލަވާލައްވާފައެވެ. އަދި  މި ދަތުރުފުޅުގައި ސްކޫލްތަކުގެ މުވައްޒަފުންނާއި ކައުންސިލްތަކާ ބައްދަލުކުރައްވާ އެ ސްކޫލްތަކަށް ދިމާވެފައވާ ދަތިތަކާއި ގުޅޭގޮތުން މަޝްވާރާކުރައްވާފައިވެއެވެ.

ޑރ.އައިޝަތު ޝިހާމްގެ މި ދަތުރުވެގެންގޮސްފައި މިވަނީ ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް އެޑިއުކޭޝަން މިނިސްޓަރަކު ރާއްޖޭގެ ހުރިހާ ސްކޫލަކަށް ކުރެއްވި ދަތުރަށްވެސްމެއެވެ. 

މިނިސްޓަރުގެ މި ދަތުރުފުޅުގައި އެޑިއުކޭޝަނުން ކުޔިޔަށްގެންދަވާ ބީޓެކާއި ޓިވެޓް އަދި ދަސްވާރު ޕުރޮގްރާމްތަކާއި ދަރިވަރުންނާއި ސްކޫލްތަކަށް ދިމާވެފައިވާ ދަތިތައް ބައްލަވާ މައުލޫމާތު ހިއްސާ ކުރައްވާފައިވެއެވެ. 

ތާރީހީ މި ދަތުރުފުޅަށް ފަހު ޕީއެސްއެމް ނިއުސްއާއި ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު ޝިހާމް ވިދާޅުވީ، މި ދަތުރުގެ ސަބަބުން ވަރަށް ބޮޑު ކާމިޔާބީއެއް ލިބިވަޑައިގެންފައިވާކަމަށެވެ. އަދި މި ދަތުރުފުޅުގެ ސަބަބުން ވަރަށް ގިނަ ކަންތައްތައް ހާސިލްވެފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީއާއި ހާވާލުވެޑައިގެންތާ 3 އަހަރު ނުވަނީސް މިނިސްޓަރ މި ހޯއްދެވި ކާމިޔާބީ ފާހަގަކުރައްވާ، އެޑިއުކޭޝަން މިނިސްޓްރީން ހާއްސަ ހަފްލާއެއް މިއަދު ބާއްވާވަފައިވެއެވެ. މިނިސްޓަރ އައިޝަތު ޝިހާމަށް ސަޕްރައިޒެއް ދެއްވުމުގެ ގޮތުން މިަދު ބޭއްވި ހަފްލާގައި އެކަމަނާއަށް ޚައްސަ ހަދާނީ ފިލައެއް އަރުވާފައިވެއެވެ. އަދި އަދި މުޅި ރާއްޖޭގެ ޗާޓް ހިމެނޭގޮތަށް ތައްޔާރުކޮށްފައިވާ ކޭކެއްވެސް ވަނީ ފަޅާފައެވެ.