ޚަބަރު

ރެހެންދި ސްކޫލުން ބާއްވާ ރެހެންދި ނައިޓް މާކެޓް ފަށައިފި


ރެހެންދި ސްކޫލުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ރެހެންދި ނައިޓް މާކެޓް ފަށައިފިއެވެ. img:http://s2.psmnews.mv/images/660x400/14782173390354.jpg|ރެހެންދި ސްކޫލުން ބާއްވާ ރެހެންދި ނައިޓް މާކެޓްގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް

ހުޅުމާލޭ ސެންޓްރަލް ޕާކްގައި މި ނައިޓް މާކެޓް ފަށާފައިވަނީ ޖުމްލަ 105 ސްޓޯލާއެކުގައެވެ. މި ނައިޓް މާކެޓް ހުޅުވައިދެއްވީ ޤައުމީ ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނާއިބު ރައީސް އިސްމާއީލް އާސިފްއެވެ. ރެހެނދި ސްކޫލުގެ ޕީޓީއޭގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ މި ނައިޓް މާރކެޓްގެ މައިގަނޑު މަޤްސަދަކީ، ސްކޫލުގައި މިއަހަރު ކުރަން ހަމަޖެހިފައިވާ ކަންކަމަށް ހޭދަވާނެ ފައިސާ ހޯދުމެވެ. އެގޮތުން މި ނައިޓް މާކެޓުން ލިބޭ ފައިސާ ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ ރެހެންދި ސްކޫލް ވައިފައި ކުރުމަށާއި މުޅި ސްކޫލް އައިސީޓީ ކުރުމަށް ކަމަށް އެ ސްކޫލުން މަޢުލޫމާތުދެއެވެ. img:http://s3.psmnews.mv/images/660x400/14782173575911.jpg|ރެހެންދި ސްކޫލުން ބާއްވާ ރެހެންދި ނައިޓް މާކެޓްގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް

ގިނަ ބާވަތްތަކެއް ލިބޭނެ ގޮތައް ކުރިއަށްދާ މި ނައިޓް މާކެޓް މި މަހުގެ 12 ވަނަ ދުވަހާ ހަމަޔަށް ކޮންމެ ދުވަހަކުވެސް ހަވީރު 4 ން ރޭގަނޑު 12 އަށެވެ.