ކުޅިވަރު

ކުޅުންތެރިން ގަތުމަށް އިނގިރޭސި ކުލަބުތަކުން 4.4 ބިލިޔަން ޑޮލަރު، އައު ރެކޯޑެއް


ކުޅުންތެރިން ގަތުމަށް އިނގިރޭސި ކުލަބުތަކުން ރެކޯޑް އަދަދެއް ކަމަށްވާ 4.4 ބިލިއަން ޑޮލަރު ހޭދަކޮށްފި އެވެ.

ޓްރާންސްފާ ބާޒާރު އިއްޔެ ބަންދުވިއިރު އިނގިރޭސި ގިނަ ކުލަބުތަކުން ވަނީ އެމީހުންގެ އަމިއްލަ ރެކޯޑް ވެސް މުގުރާލައިފަ އެވެ. މި ގޮތުން އިނގިރޭސި ހުރިހާ ކުލަބަކުން މިދިޔަ ސީޒަނަށް ކުޅުންތެރިން ހޭދަކުރީ 4.23 ބިލިއަން ޑޮލަރެވެ.

މި އަހަރު ކުޅުންތެރިން ގަތުމަށް ހޭދަކުރި ގޮތަށް ބަލާއިރު 100 މިލިއަން ޑޮލަރަށްވުރެ މަތިން ކުޅުންތެރިން ގަތުމަށް ގިނަ ކުލަބުތަކުން ހޭދަކުރި އެވެ. މި ގޮތުން ލިވަޕޫލުން ވަނީ ޕީއެސްޖީގެ ބްރެޑްލީ ބާކޯލާ ގަތުމަށް 144 މިލިއަން ޑޮލަރު ހޭދަކޮށްފަ އެވެ. މެންޗެސްޓާ ސިޓީން ވަނީ އެލިއޮޓް އެންޑަސަން އަށް 116 މިލިއަން ޑޮލަރު އަދި ޗެލްސީގެ އެންޑޯ ފެނާންޑޭޒް އަށް 165 މިލިއަން ޑޮލަރު ހޭދަކޮށްފަ އެވެ. މިއީ އިނގިރޭސި ރެކޯޑެއް ވެސްމެ އެވެ. އެސްޓަންވިލާގެ މޯގަން ރޮޖާސް ޗެލްސީ އަށް ގަތީ ވެސް 117 މިލިއަން ޑޮލަރެވެ.

މީގެ އިތުރުން އާސެނަލްއިން ގަތް ނިއުކާސަލްގެ ބުރޫނޯ ގުއިމަރޭޒް އައި ސިޓީ އަށް ގެންދިޔަ އައްޔޫބް ބުއާދީ އަކީ ވެސް 87 މިލިއަން ޑޮލަރުގެ އަގު ބޮޑު ކުޅުންތެރިންނެވެ.

ތިން ކުލަބަކުން އެ މީހުންގެ އަމިއްލަ ރެކޯޑް މުގުރާލީ ގޯލްކީޕަރުން ގަތުމަށެވެ. ސިޓީގެ ޖޭމްސް ޓްރަފޯޑް ލީޑްސް އަށް ގެންދިޔައީ 53.9 މިލިއަން ޑޮލަރަށެވެ. ހަލް ސިޓީން ކޮންސްޓަންޓީނޯސް ގަތީ ވެސް ރެކޯޑް އަދަދަކަށެވެ.

މިހާ ގިނަ ހޭދަކުރިއިރު ނިއުކާސަލްއިން ކުޅުންތެރިން ވިއްކައިގެން 316 މިލިއަން ޑޮލަރު ހޯދި އެވެ.