ސިއްހަތު

"ތިއޭޓަރކޮމްޕްލެކްސްއާއި އައިސީޔޫ ނިމުމުން ބޮޑުބަދަލެއް ފެންނާނެ"


އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި އިމާރާތް ކުރައްވަމުން ގެންދަވާ ތިއޭޓަރ ކޮމްޕްލެކްސްއާއި އައި.ސީ.ޔޫގެ މަސައްކަތް ނިންމަވާ ޚިދުމަތް ދެއްވަން ފެއްޓެވުމުން ބޮޑު ބަދަލެއް ފެނިގެންދާނެކަމަށް އައި.ޖީ.އެމް.އެޗުން ވިދާޅުވެއްޖެއެވެ. 

އައި.ޖީ.އެމް.އެޗުން ގެންދަވަނީ މިއަހަރުގެ ތެރޭގައި އެ ދެތަން ހުޅުވުމަށްޓަކައި މަސައްކަތް ކުރައްވަމުންނެވެ. 

އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލުން ދެއްވަމުންގެންދަވާ ޚިދުމަތް އިތުރަށް ފުޅާކުރައްވައި، ތަރައްޤީކުރެއްވުމުގެ މަސައްކަތް ސަރުކާރުންގެންދަވަނީ ކުރައްވަމުން. އައިޖީއެމްއެޗުން އިމާރާތް ކުރައްވަމުންގެންދަވާ އައިސީޔޫގެ އިމާރާތުގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ވަނީ ނިމިފައެވެ. އަދި އައިސީޔޫއާއި ތިއޭޓަރ ކޮމްޕްލެކްސްގެ މަސައްކަތް ނިންމައި އާމުންނަށް ހުޅުވާލާއިރު، އެ ދެތަނުގައި ބަލިމީހުންގެ އެހީތެރިންނަށް ފަސޭހަކަމާއެކު ތިބެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް އައި.ޖީއެމްއެޗުން ގެންދަވަނީ ކުރައްވަމުން. އެގޮތުން އެދެތަނުގައި ތިބޭ މީހުންނަށް ޚާއްސަ ވެއިޓިން އޭރިޔާއެއް ތައްޔާރުކުރެއްވުމުގެ މަސައްކަތް އައި،ޖީ.އެމް.އެޗުން ކުރައްވަމުންގެންދަވާކަމަށް އައި.ޖީއެމްއެޗްގެ ޕަބްލިކްރިލޭޝަން މީޑިއާ ޑިރެކްޓަރ އަހްމަދު މައުސޫމް ވިދާޅުވިއެވެ. 

"މި ވެއިޓިން އޭރިޔާ މި ހާއްސަކުރަނީ ބަލިމީހަކަށް އެންމެ އެހީތެރިއެއް  ތިބެވޭގޮތަށް މި ފަރުމާކުރަނީ. ސަބަބަކީ ހޮސްޕިޓަލްގެ ތެރޭގައި މީހުންގެ އަދަދު ގިނަވުމުގެ ސަބަބުްނ ދަތިތަކާއި ކުރިމަތިލާންޖެހޭކަމަށް. އައިސީޔޫގައި އެޑިމިޓްކުރެވޭ ކޮންމެ މީހަކަށް ފާހެއް ދޫކުރެވެނެ. އެފާސް ބޭނުންކޮށްގެން އެއްބޭފުޅަކަށް އަބަދުވެސް ބޭރުގައި މަޑުކުރެވޭނެ. ވެއިޓިންގ އޭރިޔާ ފަރުމާކުރެވިފައިވާނީ ރަނގަޅު ފެންވަރަކަށް." އަހްމަދު މައުސޫމް ވިދާޅުވިއެވެ.އައި.ޖީއެމްއެޗްގައި މިހާރު އިމާރާތް ކުރައްވަމުން ގެންދަވާ އައިސީޔޫގައި 15 އެނދު ހުރެއެވެ. އަލަށް އިމާރާތް ކުރަމުންގެންދާ އައިސީޔޫ ނިމި ބޭނުން ކުރަން ފެށުމުން، މިހާރު އައިސީޔޫއަށް ދިމާވެފައިވާ ޖާގައިގެ މައްސަލައަށް ޙައްލެއް ލިބިގެންދާނެކަމަށް އައިޖީއެމްއެޗުން ވިދާޅުވެއެވެ. 

އަދި އެހޮސްޕިޓަލްގައި ހަދަމުންގެންދާ ތިއޭޓަރ ކޮމްޕްލެކްސް ފަރުމާކުރައްވާފައި ވަނީ މުއައްޒަފުންނާށާއި އެތަނުގެ ހިދުމަތް ހޯދަމުންގެންދާ ފަރާތްތަކަށް ހިއްފަސޭހަ ތަނެއްގެ ގޮތުގައިކަމަށް އައި.ޖީ.އެމް.އެޗުން ވިދާޅުވިއެވެ. އަދި އެ ހޮސްޕިޓަލުން ގެންދަވަނީ މަރާމާތު ކުރުމުގެ ގިނަމަސައްކަތްތަކެއް ކުރައްވަމުން. އެގޮތުން ހޮސްޕިޓަލަށް އަންނަ މީހުން މަޑުކޮށްލައިގެން ތިބޭ ވެއިޓިންގ އޭރިޔާތަކާއި، ހޮސްޕިޓަލުގެ ފާޚާނާތައް މަރާމާތުކުރެއްވުމުގެ މަސައްކަތް މިހާރުވެސް ގެންދަވަނީ ކުރައްވަމުންނެވެ.