ސިއްހަތު

މަކުނުދޫ ސިއްޙީ މަރުކަޒު، 24 ގަޑިއިރު ޚިދުމަތްދޭ ތަނަކަށް


ހދ. މަކުނުދޫ ސިއްޙީ މަރުކަޒަކީ ސައުވީސް ގަޑިއިރު ޚިދުމަތްދޭ ތަނެއްގެ ގޮތުގައި ސަރުކާރުން ހަމަޖައްސަވައިފިއެވެ.

މީގެކުރިން 16 ގަޑިއިރު ޚިދުމަތް ދެމުންދިޔަ މަކުނުދޫ ސިއްޙީ މަރުކަޒު ސައުވީސް ގަޑިއިރު ޚިދްމަތްދޭ ތަނަކަށް ބަދަލުކުރެއްވުމާއެކު، އަސާސީ ހުރިހައި ޚިދުމަތަކާއެކު ލެބޯޓްރީ ޚިދުމަތްވަނީ ޤާއިމް ކުރައްވާފައެވެ. މިގެނެވުނު ބަދަލާއި އެކު އެ މަރުކަޒުގެ މުވައްޒަފުން އިތުރުވެ، އެނދުގެ އަދަދު ވެސް އިތުރުވެގެންދާނެ ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ. މަކުނުދޫ ޞިއްޙީ މަރުކަޒުގެ އިތުރުން ރާއްޖޭގެ 32 ޞިއްޙީ މަރުކަޒަކުން 24 ގަޑިއިރު ސިއްޙީ ޙިދުމަތް މިހާރުވެސް ދެއްވަމުން ގެންދަވައެވެ. 

މަކުނުދޫ ޞިއްޙީ މަރުޒަކު 24 ގަޑިއިރު ހިދުމަތް ދޭ ތަނަކަށް ބަދަލުކުރައްވާނެކަން  ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް އިއުލާންކުރެއްވީ އެރަށުގެ ބަނދަރާއި މިސްކިތް ހުޅުއްވައިދެއްވުމަށް މިދިޔަ މަހު އެރަށަށް ކުރެއްވި ދަތުރުފުޅުގައި ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.