އޭޝިއަން ކްރިކެޓް ކައުންސިލްގެ ބޯޑަށް މެމްބަރުން އިންތިހާބު ކުރުމުގައި ފުރަތަމަ ފަހަރަށް އިންޑިޔާގެ މައްޗަށް ޕާކިސްތާން ކުރި ހޯދައިފި އެވެ.
އޭސީސީގެ އަހަރީ އާއްމު ޖަލްސާގައި މި ފަހަރުގެ އިންތިހާބު ބޭއްވި ބޯޑަށް ތިން މެމްބަރަކު ހޮވުމަށެވެ. އިންތިހާބުވީ ޕާކިސްތާނުން ތާއީދު ކުރި ތިން މެމްބަރުންނެވެ. މި ގޮތުން ބޯޑަށް އިންތިހާބުވީ ދިވެހިރާއްޖެ އާއި ގަތަރާއި ސިންގަޕޫރުގެ އޮފިޝަލުންނެވެ. ރާއްޖޭގެ ފަރާތުން އިންތިހާބުވީ ދިވެހި ކްރިކެޓް ބޯޑުގެ ރައީސް މުހައްމަދު ފައިސަލެވެ. މިއީ އޭނާ އިންތިހާބުވި ދެ ވަނަ ދައުރު ވެސްމެ އެވެ. އިންތިހާބުވި ތިން މެމްބަރުންްނަކީ ވެސް ޕާކިސްތާނުގެ ކްރިކެޓް ބޯޑުގެ ރައީސް އަދި އެ ގައުމުގެ އިންޓީރިއާ މިނިސްޓަރުކަން ކުރައްވާ އޭޝިއަން ކްރިކެޓް ކައުންސިލްގެ ރައީސް މޮހްސިން ނަގްވީ ތާއީދު ކުރެއްވި މެމްބަރުންނެވެ.
ސަރަހައްދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މިއީ އޭޝިޔާގެ ކްރިކެޓްގައި ޕާކިސްތާނުގެ ނުފޫޒު ގަދަވަމުން އަންނަ ކަމުގެ ހެއްކެކެވެ. ޕާކިސްތާނުގެ މި ފަހަރުގެ އިންތިހާބު ކާމިޔާބު ކުރަން އަތުކުރި އޮޅާލި ސަބަބަކީ އިންތިހާބު ނާކާމިޔާބު ވެއްޖެނަމަ މޮހްސިން ނަގްވީގެ އިތުބާރު ނެތް ކަމުގެ މައްސަލަ އިންޑިޔާއިން ކުރިމަތި ކުރާނެތީ އެވެ. އިންޑިޔާ އަށް މި ފަހަރު ނާކާމިޔާބު ވުމުގައި ބަނގްލަދޭޝް އިން އެ ގައުމާ ދެކޮޅަށް ތިބުމަކީ ވެސް ވަރަށް ބޮޑު ސަބަބަކެވެ.
ސަރަހައްދީ ސިޔާސީ ހަމަނުޖެހުންތަކާ ވެސް އެކު ހާއްސަކޮށް ކްރިކެޓްގައި ޕާކިސްތާން އަދި ބަނގްލަދޭޝްގެ އެކުވެ، މި ދެ ގައުމާއި އިންޑިޔާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. މި ދެ ގައުމުން ވެސް ތުހުމަތު ކުރަނީ އިންޑިޔާއިން އެއް ކަމެއްގައި ގައުމުތައް ތަފާތުކޮށް ވަރަށް ބޮޑަށް ބާރުގެ ބޭނުންކުރާ ކަމަށެވެ. އެސީސީގެ ކޮންޓްރޯލް އިންޑިޔާ އަށް ނުދޭން މިހާބޮޑަށް ބާރުއެޅީ ވެސް މިހެންވެ އެވެ.
އަހަރީ އާއްމު ޖަލްސާގައި ވަނީ އަންނަ އަހަރު ބަނގްލަދޭޝްގައި ޞާއްވާ އޭޝިއަން ކަޕާ ގުޅެ ގޮތުން މަޝްވަރާ ކޮށްފަ އެވެ.