ޚަބަރު

ސުޢޫދާއި ޢަލީ ހުސެއިންގެ ވަކާލާތުކުރުމުގެ ހުއްދަ ބާތިލުކޮށްފި


ސުޕްރީމްކޯޓުން ޤާނޫނީ ވަކީލު ޙުސްނުއް ސުޢޫދާއި ޢަލީ ޙުސެއިންގެ ވަކާލާތުކުރުމުގެ ހުއްދަ ވަގުތީ ގޮތުން ބާތިލްކުރައްވައިފިއެވެ.

ސުޕްރީމް ކޯޓުން ވިދާޅުވީ ޤާނޫނީ ވަކީލު ޙުސްނުއްސުޢޫދާއި ޢަލީ ޙުސެއިންގެ ވަކާލާތުކުރުމުގެ ހުއްދަ ވަގުތީ ގޮތުން ބާތިލްކުރެއްވީ އެ ވަކީލުން ކޯޓްތަކުގެ ޙުރުމަތް ކަނޑަމުންދާ މައްސަލަ ބައްލަވައި އެ މައްސަލާގައި ވަކިގޮތެއް ނިންމަވަންދެންކަމަށެވެ. އަދި އެ ފިޔަވަޅު އަޅުއްވާފައިވަނީ ދިވެހި ރާއްޖޭގެ ސުޕްރީމްކޯޓްގެ ޤަވާއިދާއި ކޯޓުގެ ޙުރުމަތް ރައްކާތެރިކުރުމުގެ ޤަވާއިދާއި ދިވެހިރާއްޖޭގެ ކޯޓްތަކުގައި ވަކާލާތުކުރާ ޤާނޫނީ ވަކީލުންނާބެހޭ ޤަވާއިދުގެ ދަށުންކަމަށް ސުޕްރީމްކޯޓުން ވިދާޅުވެއެެވެ.

ޤާނޫނީ ވަކީލު ޙުސްނުއްސުޢޫދާއި ޢަލީ ޙުސެއިން ރާއްޖޭގެ އެއްވެސް ކޯޓެއްގައި ވަކާލާތުކުރެއްވުން ވަގުތީ ގޮތުން މަނާކުރައްވާފައި މިވަނީ ކޯޓްތަކުގެ ހުރުމަތް ކަނޑާ ފަރާތަކާއި މެދު ފިޔަވަޅު އަޅުއްވާނެކަމުގެ އިންޒާރު ސުޕްރީމްކޯޓުން ދެއްވާފައިވަނިކޮށެވެ.