ކުޅިވަރު

ސެމީފައިލްގެ ޖާގަ ސ.އަތޮޅު ފޭދޫއާ ދ.އަތޮޅު ކުޑަހުވަދޫ ހޯދައިފި


މިނިވަން ޗެމްޕިއަންޝިޕް ފައިނަލް ބުރުގެ ސެމީފައިލްގެ ޖާގަ ސ.އަތޮޅު ފޭދޫއާ ދ.އަތޮޅު ކުޑަހުވަދޫ ހޯދައިފިއެވެ.

ސެމީފައިނަލްގެ ފަހު ޖާގަ ސ.އަތޮޅު ފޭދޫ ހޯދީ ގްރޫޕް އެކެއްގައި މިއަދު އދ.މަހިބަދޫގެ މައްޗަށް ވަރަށް ފަސޭޙަކަމާއެކު ކުރި ހޯދައިގެންނެވެ. މި މެޗް ސ.އަތޮޅު ފޭދޫ ކާމިޔާބުކުރީ ހަ ލަނޑު ސުން ލަނޑުންނެވެ.

 ސެމީފައިނަލްގެ ފަހު ޖާގަ ކުޑަހުވަދޫ ހޯދީ އަމިއްލަ ދަނޑުގައި ކުޅުނު ގްރޫޕް އެކެއްގެ ދެވަނަ މެޗް ކާމިޔާބުކޮށްގެންނެވެ. ކުޑަހުވަދޫ މިއަދުގެ މެޗް ކާމިޔާބުކުރީ ގއ.އަތޮޅު ދެއްވަދޫއާ ވާދަކޮށް ހަތަރު ލަނޑު ދެ ލަނޑުންނެވެ. މި ދެ ޓީމު ގްރޫޕްގައި ކުޅުނު ފުރަތަމަ މެޗްވެސް ވަނީ ކާމިޔާބުކޮށްފައެވެ. 

ސެމީފައިނަލަށް ދެން ދަތުރުކޮށްފައިވަނީ ބ.އަތޮޅު އޭދަފުއްޓާ ތ.އަތޮޅު ތިމަރަފުށްޓެވެ. އޭދަފުށި މެޗް ކާމިޔާބުކުރީ ނ.އަތޮޅު ލަންދޫގެ މައްޗަށް ތިން ލަނޑު އެއް ލަނޑުން ކުރި ހޯދައިގެންނެވެ. ސެމީފައިނަލަށް ހޮވުނު ޓީމްތައް ބައްދަލްކުރަން ޖެހޭނެ ޓީމެއް ކަށަވަރުވެގެން ދާނީ ގްރޫޕްގެ ފަހު މެޗްތަކަށްފަހުއެވެ. 

ގްރޫޕް ސްޓޭޖުގެ ފަހު މެޗްތައް ކުރިއަށްދާނީ ބުރާސްފަތި ދުވަހާއި ހުކުރުދުވަހު ހަވީރުއެވެ.