ކުޅިވަރު

ގައުމީ ވޮލީ ބޯޅަ ލީގު ފިރިހެންބައިގައި ދުވާލަކު ތިން މެޗް


ޤައުމީ ވޮލީ ބޯޅަ ލީގުފިރިހެންބައިގައި ދުވާލަކު ތިން މެޗް ކުޅޭގޮތަށް ވޮލީ ބޯލް އެސޯސިއޭޝަން އޮފްމޯލްޑިވިސްއިން ނިންމައިފިއެވެ. 

ޤައުމީ ވޮލީ ބޯޅަ ލީގު އަންހެން އަދި ފިރިހެން ބައިގެމުބާރާތުގެ ގުރުއަތުލުމަށްފަހު އެސޯސިއޭޝަންއިންބުނީ މިފަހަރުގެ މުބާރާތުގެފިރިހެންބައިގައި ކޮންމެ ދުވަހަކުވެސް ތިން މެޗް ކުޅުމަށް ހަމަޖެހިފައިވާކަމަށެވެ. ފިރިހެން ޑިވިޝަންގައި ތިން މެޗް ކުޅޭގޮތަށް ވީއޭއެމްއިން ނިންމާފައިވަނީ ޑިސެންބަރުމަހުގައި ފެށުމަށް ހަމަޖެހިފައިވާ ސެންޓްރަލް ޒޯން ވޮލީ މުބާރާތަށް ތައްޔާރުވުމުގެގޮތުން ގައުމީ ޓީމް ސްރީލަންކާގައި ކޭންޕް ކުރުމަށް ހަމަޖެހިފައިވުމާ ގުޅިގެން ޓީމަށް ވަގުތު ދިނުމުގެ ގޮތުންނެވެ. 

ޤައުމީ ވޮލީ ބޯޅަ ލީގްގެ އަންހެން އަދި ފިރިހެންބައިގެ ގުރުއަތުލުމަށްފަހު، އަންހެންބައިގެ ފުރަތަމަ މެޗްގައި ވާދަކުރުމަށްހަމަޖެހިފައިވަނީ މޯލްޑިވިއަންއާ މިސްކިއްމަގު އެންމެންގެ ގުޅުމެވެ. އަދި ދެވަނަމެޗްގައި ވާދަކުރުމަށް ހަމަޖެހިފައިވަނީ ޕޮލިސް ކުލަބާއި ކުލަބް ޕޯލް ސްޓާރއެވެ.

މިއަންނަ މަހުގެ 4 ވަނަ ދުވަހު ލީގުގެ ފުރަތަމަ މެޗްތައް ކުޅުމަށް ހަމަޖެހިފައިވާއިރު، ޖެހިގެން އަންނަ 5 ނޮވެންބަރުގައި ކުޅުމަށް ހަމަޖެހިފައިވަނީ ފިރިހެންބައިގެ ތިން މެޗެވެ. ފުރަތަމަ މެޗްގައި ވާދަކުރާނީ  ސްޕޯޓްސް ކުލަބް ސިޓީއާ ޕޮލިސް ކުލަބެވެ. ދެވަނަ މެޗްގައި ގުޑީސްއާ ސްޓެލްކޯވާދަކުރުމަށް ހަމަޖެހިފައިވާއިރު، ތިންވަނަ މެޗްގައި ވާދަކުރާނީ ދިވެހި ސިފައިންގެކުލަބާ މޯލްޑިވިއަންއެވެ. މިމުބާރާތުގެ ފިރިހެންބައިގައި 6  ޓީމް ވާދަކުރާއިރުއަންހެންބައިގައި ވާދަކުރަނީ 5 ޓީމެވެ. 

ޤައުމީ ލީގު ފެށުމުގެ ގޮތުން ވޮލީ ބޯލްއެސޯސިއޭޝަން އޮފް މޯލްޑިވްސްއިންވަނީ ހާއްސަ އެގްޒެބިޝަން މެޗެއްކުޅުމަށްވެސް ނިންމާފައެވެ. މިއަންނަ މަހުގެ ދެވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާމިމެޗްގައި އެއްކޮޅުން ވާދަކުރާނީ ދިވެހި ގައުމީ ޓީމެވެ. ގައުމީ ޓީމާ ދެކޮޅަށް ނިކުންނާނީ ލީގްގައި ކުޅޭ ބިދޭސީ ކުޅުންތެރިންނެވެ.