ޚަބަރު

އިލްމު ޓޯކްގެ މީޑިއާ ޕާޓްނަރަކަށް ޕީއެސްއެމް ހަމަޖައްސައިފި


އިލްމް ޓޯކް 2016 ފޯރަމްގެ މީޑިއާ ޕާޓްނަރަކަށް ޕީއެސްއެމް ހަމަޖައްސާ އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިފޯރަމްގެ މީޑިއާ ޕާޓްނަރަކަށް ޕީއެސްއެމް ހަމަޖައްސަވާ އެކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ޕީއެސްއެމް ރޭޑިއޯ ބިލްޑިންގައި ބޭއްވި ރަސްމިއްޔާތުގައި ޕީއެސްއެމްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު އިކްރާމް އަބްދުއްލަތީފްއެވެ. img:http://s4.psmnews.mv/images/660x400/14779199514055.jpg|"އިލްމު ޓޯކް 2016" ގެ މީޑިއާ ޕާޓްނަރަކަށް ޕީއެސްއެމް ސޮއިކުރުމުގެ ރަސްމިއްޔާތުގައި ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް އަބްދުއްލަތީފް ވާހަކަދައްކަވަނީ - ފޮޓޯ: ޕީއެސްއެމް / ޙުސައިން ސަޢީދު

ޖަމިއްޔަތުލް ރަހްމާން އިން އަންނަ ނޮވެމްބަރުމަހުގެ 18 ވަނަދުވަހު އިސްލާމީ މަރުކަޒުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިލްމު ޓޯކް 2016 ގައި މަޝްހޫރު ދީނީ އިލްމުވެރިޔާ އިސްމާޢީލް މުފްތީ މެންކް ބައިވެރިވަޑައިގަންނަވާގޮތަށް ހަމަޖެހިފައިވާއިރު، ''މުސްލިމަކު އަނެއް މުސްލިމަކަށް އަދާކުރަންޖެހޭ ޙައްޤުތައް" މިމައުޞޫއަށް އެމަނިކުފާނު ހާއްސަ ތަޤްރީރެއް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. img:http://s1.psmnews.mv/images/660x400/14779169347116.jpg|"އިލްމު ޓޯކް 2016" ތަޤްރީރުކުރެއްވުމަށް ހަމަޖެހިފައިވާ ދީނީ އިލްމުވެރިޔާ މުފްތީ މެންކު

ޖަމިއްޔަތުލް ރަހްމާން އިން އަންނަ ނޮވެމްބަރުމަހުގެ 18 ވަނަދުވަހު އިސްލާމީ މަރުކަޒުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިލްމު ޓޯކް 2016 ގައި ޤައުމީ ޔުނިވަރސިޓީގެ ސްޓޫޑެންޓް ޔޫނިއަނުންނާއި އިސްލާމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޖަމިއްޔާއިންނާއި ޔޫތް ލީގުންވެސް ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. މިފަހަރުގެ މި އިލްމު ޓޯކް ފޯރަމްއަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށާ އަދި މިފޯރަމް ގައި އާންމުންނަށްވެސް ބައިވެރިވެވޭނެކަމަށް ޖަމިއްޔަތުލް ރަހްމާންއިން މަޢުލޫމާތުދެއްވައެވެ.