ޚަބަރު

ދިރާގު ރޯޑްރޭސްގައި ބައިވެރިވުމުގެ ސުންގަޑި މާދަމާއަށް ހަމަވަނީ!


ދިރާގުން ކޮންމެ އަހަރަކު ބާއްވާ "ދިރާގު ރޯޑްރޭސް" ގެ މިއަހަރުގެ ރޭހުގައި ބައިވެރިވުމުގެ ސުންގަޑި މާދަމާ ރޭގެ ނިޔަލަށް ހަމަވާނެއެވެ.

ރާއްޖޭގައި އެންމެ ގިނަ ބަޔަކު ބައިވެރިވާ ދުވުމުގެ މި ޙަރަކާތުގެ މިއަހަރުގެ ރޭހުގެ މައިގަނޑު މަޤްޞަދަކީ ކުޑަކުދިންނަށް ރައްކާތެރިކަން ހޯދައިދިނުމަށް މަސައްކަތް ކުރުމެވެ. ދިރާގު ރޯޑްރޭސްގެ މިއަހަރުގެ ދުވުމުގައިވެސް ދެ ކެޓަގަރީއަކުން ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އެއީ ފަސް ކިލޯ މީޓަރުގެ ދުވުމުގެ ކެޓަގަރީއާއި ދިހަ ކިލޯ މީޓަރުގެ ދުވުމުގެ ކެޓަގަރީއެވެ. މި ދުވުމުގައި ބައިވެރިވުމަށް ޑީއެމްއާރުއާރު ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް ފޯމް ފުރުމުގެ ފުރުސަތު މާދަމާ ރޭގެ ނިޔަލަށް ދިރާގުން ވަނީ ހުޅުވާލާފައެވެ. tw:https://twitter.com/DHIRAAGU/status/792974847554883584

ދިރާގުން ވަނީ މިއަހަރުގެ ދިރާގު ރޯޑްރޭހާއި ދިމާކޮށް މޯބައިލް އެޕްލިކޭޝަނެއްވެސް ލޯންޗުކޮށްފައެވެ. ދިރާގު މޯލްޑިވްސް ރޯޑްރޭސްގެ ނަމުގައި ހަދާފައިވާ މި އެޕްލިކޭޝަން އެންޑްރޮއިޑްގެ އިތުރުން އައިއޯއެސް އެޕްސްޓޯއިން މި އެޕްލިކޭޝަން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް ދިރާގުން މަޢުލޫމާތުދެއެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް ރޭސް ހިނގަމުންދާ ވަގުތުގައި ރޭހުގައި ބައިވެރިވާ ފަރާތްތަކުގެ ލޮކޭޝަން ބަލައިލެވުމުގެ އިތުރުން ރޭހުގެ އެންމެ ކުރީގައި އުޅޭ ދުވުންތެރިންވެސް ވަގުތުން ބަލައިލެވޭނެ ކަމަށް ދިރާގުން ބުނެއެވެ. img:http://s1.psmnews.mv/images/660x400/14779181907316.jpg|ދިރާގު ރޯޑްރޭސްގެ އައިއޯއެސް މޯބައިލް އެޕްލިކޭޝަން -

ދިރާގު ރޯޑްރޭސްގައި މިއަހަރު ދުވުންތެރިންނަށް ހުޅުވާލެވޭ ކެޓަގަރީތަކަކީ

5 ކިލޯމީޓަރު ދުވުމުގެ

- ފިރިހެން އޯޕަން ކެޓަގަރީ

- އަންހެން އޯޕަން ކެޓަގަރީ

- 45 އަހަރުން މަތީގެ ފިރިހެން

- 45 އަހަރުން މަތީގެ އަންހެން

- ސްކޫލް ކުދިންގެ 13 އަހަރުން ދަށުގެ ފިރިހެން

- ސްކޫލް ކުދިންގެ 13 އަހަރުން ދަށުގެ އަންހެން

- ސްކޫލް ކުދިންގެ 13 އަހަރުން މަތީގެ ފިރިހެން

- ސްކޫލް ކުދިންގެ 13 އަހަރުން މަތީގެ އަންހެން

10 ކިލޯމީޓަރު ދުވުމުގެ

- ފިރިހެން އޯޕަން ކެޓަގަރީ

- އަންހެން އޯޕަން ކެޓަގަރީ

ހުޅުމާލޭ ސެންޓަރަލް ޕާކު ސަރަޙައްދުން ފަށައިގެން ހަމަ އެ ސަރަޙައްދަށް ނިންމުމަށް ހަމަޖެހިފައިވާ މި އަހަރުގެ ރޭހުގައިވެސް ކުރީ އަހަރުތަކެކޭ އެއްގޮތަށް ކޮންމެ ކެޓަގަރީއަކުންވެސް އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ. ރޭހުގެ ވަނަވަނައަށްދާ ފަރާތްތަކަށް ދެހާސް ރުފިޔާއިން ފެށިގެން ދިހަހާސް ރުފިޔާއާ ދެމެދުގެ ފައިސާގެ އިނާމުތަކެއް ދިނުމަށް ދިރާގުން ވަނީ ނިންމާފައެވެ. img:http://s4.psmnews.mv/images/660x400/14779167678767.JPG|ދިރާގު ރޯޑްރޭސް 2016 ގައި ދުވުމަށް ހަމަޖައްސާފައިވާ މަގުތައް - ފޮޓޯ: ދިރާގު

ދިރާގު ރޯޑްރޭސްގެ މިއަހަރުގެ ދުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ހުޅުމާލޭގައެވެ. މިއީ ދިރާގު ރޯޑްރޭސް ބާއްވާތާ 10 ވަނަ އަހަރެވެ.