ކުޅިވަރު

ސިޓީ މޮޅުވުމަށްވުރެ ބޮޑަށް ފާހަގަވީ ހާލަންޑް ދިގު އިސްތަށިގަނޑު ކޮށާލުން


ބޯނެމައުތު އަތުން 2-1އިން މެންޗެސްޓާ ސިޓީ މޮޅުވި މެޗުގެ ހުރިހާ ކަމެއް ސިޓީގެ ފޯވަޑް އާލިން ހާލަންޑްގެ ބޮލަށް އަމާޒު ވެއްޖެ އެވެ.

އައު ސީޒަނަށް އޭނާ ވަނީ ވަރުގަދަ ދިގު އިސްތަށިގަނޑު ކުރުކޮށް ކޮށާލައިފަ އެވެ. ހާލަންޑް ބުނީ ބަޒް ކަޓެއް ނުވަތަ ބޮލުގެ އިސްތަށިގަނޑު ހަންގަނޑު ފެންނަ ވަރަށް ކުދިކޮށްލީ މިލިޓަރީ މީހުންގެ އެ ގޮތަށް ތިބޭތީވެ ކަމަށެވެ.
"އެއީ އަހަރެން ވަރަށް ގަޔާވޭ މިލިޓަރީ ސްޓައިލަށް. މިހެންވެ އަހަރެން ބޭނުންވީ ބަޒް ކަޓެއް ބަހައްޓަން،" ހުސްވި ތިން ސީޒަނުގައި ވެސް ސިޓީ އަށް އެންމެ ގިނަ ގޯލު ޖަހައިން ނޯވޭގެ ފޯވަޑް ބުންޏެވެ.

ހާލަންޑް ބުނީ އޭނާގެ އިސްތަށިގަނޑު ކޮށާނުލުމަށް އެންމެ ބޮޑަށް ބާރު އެޅީ އިސްތަށިގަނޑު ދިގުކޮށް ބެހެއްޓި ކުޅުންތެރިއެއް ކަމަށްވާ ސްވިޑްންގެ ކުރީގެ ފޯވަޑް ޒްލަޓާން އިބްރަހިމޮވިޗް ކަމަށެވެ. މިއީ ބެޓެއް ކޮށްގެން ނާކާމިޔާބުވުމުން ކުރި ކަމެއްތޯ އިބްރަހިމޮވިޗް ވަނީ ސުވާލު ވެސް ކޮށްފަ އެވެ.

ނަމަވެސް ސިޓީ އަށް ހާލަންޑް ގެނެސް އޭނާ މޮޅު ކުޅުންތެރިއަކަށް ހަދައިދިން ކޯޗު ޕެޕް ގާޑިއޯލާ ވަނީ މި ބަދަލު ދައްކަން ފޯނު ކުރުމުން ގާޑިއޯލާ އަށް ފުރަތަމަ ގަބޫލު ކުރަން ވެސް ކުރަން ދަތިވި އެވެ.

"މި ބަދަލު ކަމުދޭ. އެކަމަކު (ހާލަންޑް) ވަރަށް ނަސީބު ރަނގަޅު އެފަދަ އިސްތަށިގަނޑެއް ލިބިފައިވާތީވެ. ތިޔަ ފަދަ އިސްތަށިގަނޑަކަށް އަހަރެން ލޯބިކުރަން،" ހުސްވި ސީޒަނަށް ފަހު ސިޓީއާ ވަކިވި ކޯޗަށް ފޯނު ކުރުމުން އޭނާ ބުންޏެވެ.

ސިޓީ އަށް ކުޅޭ އަދި އިސްތަށިގަނޑު ދިގުކޮށް ބަހައްޓާ އިނގިރޭސި މިޑްފީލްޑަރު ޖެކް ގްރީލިޝް ބުނީ ބޯ ކޮށާލުމުން ހާލަންޑް ހީވަނީ 17 އަހަރުގެ ޅަކުއްޖެއް ކަމަށެވެ.

އޭނާގެ ކުރީގެ ޓީމް މޭޓް ކެވިން ޑެބްރޭނާ ބުނީ އޭނާގެ ތިން ކުދިން ވެސް ބޭނުންވީ ހާލަންޑް އިސްތަށިގަނޑު ކޮޕީ ކުރަން ކަމަށާއި ސްކޫލް ކުދިން އެގޮތަށް ބޯހަދައިގެން އުޅޭ ކަމަށެވެ.

ޕްރެމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ހާލަންޑަށް ގޯލެއް ނުޖެހެ އެވެ. ބޯނެމައުތު އަތުން އެ ޓީމު މޮޅު ކޮށްދޭން ފަހަތުން އަރައި ލަނޑު ޖެހީ މި މެޗުގައި މެދުތެރެ އަށް ކުޅުނު ޑިފެންޑަރު މާކް ގުއޭއީ އާއި ޖަސްކޯ ގަވަޑިއޯލް އެވެ.