ކުޅިވަރު

ްޕްލޭއޮފް މެޗް ކާމިޔާބުކޮށް ވިކްޓްރީ ރެލިގޭޓް ނުވެ ސަލާމަތްވެއްޖެ


ޕްލޭއޮފް ދެވަނަ ލެގްވެސް ކާމިޔާބުކޮށް ރެލިގޭޓްނުވެ ސަލާމަތްވެއްޖެއެވެ. 

ދިވެހި ޕްރިމިއަރ ލީގު ޕްލޭ އޮފް ދެވަނަ މެޗްގައި ދެވަނަ ޑިވިޝަންގެ ރަނަރއަޕް ޒެފްރޯލާ ވާދަކޮށް ވިކްޓްރީ މެޗް ކާމިޔާބުކުރީ ތިންލަނޑު ދެލަނޑުންނެވެ. މެޗްގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފްގައި ވިކްޓްރީއަށް ކާމިޔާބުކޮށްދިނީ މުޙައްމަދު ރިސްވާންއެވެ. ފުރަތަމަ ހާފްގެ ވަކި ހިސާބަކުން ވިކްޓްރީގެ ކެޕްޓަން ރިޟްވާން ވަޙީދު ޕެނަލްޓީ އޭރިޔާ ތެރެއިން ބޯޅައިގައި އަތްލުމުން ރަތްކާޑުދައްކާ ދަނޑުންވަނީ ފޮނުވާލާފައެވެ. އޭރިޔާ ތެރެއިން ރިޟްވާން އަތްލުމުން ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ޒެފްރޯލަށް ނަތީޖާ ހަމަހަމަކޮށްދިނީ ބިދެސީ ކުޅުންތެރިޔާ ޔަންޔުޒްއެވެ. 

ދެވަނަ ފަހަރަށް ވިކްޓްރީއަށް ލީޑް ނަގައިދިނީ އަޙްމަދު ރިޒްވާން އިސްމާޢީލްއެވެ. ވިކްޓްރީގެ ތިންވަނަ ލަނޑު ދެވަނަ ހާފް ނިމެން ކައިރިވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ އޮމަދޫ ގޮޑްފްރޭވެސްޓެވެ. މިމެޗްގައި ކްލަބް ޒެފްރޯލަށްވެސްވަނީ ލަނޑުޖަހާނެ ގިނަ ފުރުޞަތު ލިބިފައެވެ. މިނަތީޖާއާއެކު ވިކްޓްރީ ޕްރިމިއަރ ލީގަށް ކޮލިފައިވީ ހަތެއް އެކެއްގެ އެގްރިގޭޓުންނެވެ.