ޚަބަރު

ޓީޗަރުންގެ ދުވަހާ ގުޅިގެން ބޭއްވި ކާޑު ޑިޒައިނިންގ މުބާރާތް


ޓީޗަރުންގެ ދުވަހާ ގުޅިގެން ހޮޓެލް ޖެންއިން ބޭއްވި ކާޑު ޑިޒައިނިން މުބާރާތުން ވަނަވަނައަށް ހޮވުނު ދަރިވަރުންނަށް އިނާމް ހަވާލުކޮށްފިއެވެ.

މުބާރާތުގެ ވަނަވަނައަށް ހޮވުނު ދަރިވަރުންނަށް އިނާމާއި ސެޓްފިކެޓް ހަވާލު ކޮށްދެއްވީ ހޮޓެލް ޖެންގެ ޖެނެރަލް މެނޭޖަރ ގޯލްޑެން ވެސެލް ވައިޓް ހެޑްއެވެ. މިމުބާރާތުގެ އެއްވަނައަށް ހޮވިފައިވަނީ ރެހެންދި ސްކޫލްގެ ދަރިވަރު އަލީ މީކާއިލްއެވެ. ދެވަނަ ތާޖުއްދީން ސްކޫލްގެ މާޝީ މުޙައްމަދު ބިލާލް ހޯދިއިރު މުބާރާތުން ތިންވަނަ ހޯދާފައިވަނީ ތާޖުއްދީން ސްކޫލްގެ އިބްރާހިމް މާދު ސާޖިދުއެވެ.

އިނާމް ހަވާލުކުރުމަށް މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ހޮޓެލް ޖެންގެ އެސިސްޓެންޓް މާކެޓިންގ އަދި ކޮމިއުނިކޭޝަން މެނޭޖަރ ނީނާ މުޙައްމަދު ވިދާޅުވީ މިމުބާރާތަކީ ކުދިންގެ އުފެއްދުންތެރިކަން އިތުރުކޮށް، ޓީޗަރުންނަށްޓަކައި އެކުދިންގެ ހިތުގައި ހުރި ޝުޢޫރުތައް ހާމަކުރުމަށް ހުޅުވާލި ފުރުސަތެއްކަމަށެވެ. އަދި މުސްތަގުބަލުގައި މިފަދަ އެކި މުބާރާތްތައް ބާއްވާނެކަމަށްވެސް ނީނާ ފާހަގަކުރެވިއެވެ.

ޓީޗަރުންގެ ދުވަހަށް ޚާއްސަކޮށްގެން، ސްކޫލް ތަކާއި ގުޅިގެން ހޮޓެލް ޖެންއިން މިމުބާރާތް ބޭއްވީ މިމަހުގެ އެކަކުން ވިއްސަށެވެ. މިމުބާރާތުގައި އެކި ސްކޫލްތަކުން 40 ދަރިވަރުން ބައިވެރިވިއެވެ.