ޚަބަރު

ޕޮލިސް މިއުޒިއަމް ތަރައްޤީކުރުމަށް ގިނަ މަސައްކަތްތަކެއް


ޕޮލިސް މިއުޒިއަމްއަކީ ފުލުހުންގެ ތާރީޚާއި ސަޤާފަތް ދައްކައިދޭ، އަދި ފުލުހުންގެ ތާރީޚާއި ސަޤާފަތާއި ގުޅޭ ގިނަ ތަކެތި ކުރިއަށް އޮތް ޖީލްތަކަށް ދައްކާލަން ބަހައްޓާފައިވާ ތަނެކެވެ. މި މިއުޒިއަމް ހުޅުވާފައިވަނީ ނަވާވީސް މާރޗް ދެހާސް ތޭރައިގައެވެ. ޤައުމީ ދާރުލްއާސާރުގައި ޤާއިމްކޮށްފައިވާ މި މިއުޒިއަމްއަކީ ފުލުހުންގެ ތާރީޚާއި ސަޤާފަތާއި ގުޅޭ ގިނަ މަޢުލޫމާތު ފޯރުކޮށްދޭ ތަނެކެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވިދާޅުވީ، ޕޮލިސް މިއުޒިއަމް އިތުރަށް ތަރައްޤީކުރެއްވުމަށް ހިންގަވާ މުހިންމު ކަންތައްތަކުގެ ތެރޭގައި ފުލުހުންގެ އަރުޝީފް ރަައްކާތެރިކަމާއެކު ގިނަދުވަހަށް ދެމެހެއްޓުމަށްޓަކައި ސޮފްްޓްވެއަރ އެއް ޤާއިމްކުުރެއްވުން ހިމެނޭ ކަމަށެވެ. އަދި، ފުލުހުންގެ އަރުޝީފާއި ބެހޭ އުޞޫލެއް ފާސްކުރެއްވުމާއި، ފުލުހުންގެ ތާރީޙް ދިރާސާކުރާ ކޮމެޓީއަށް މެމްބަރުން ޢައްޔަންކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. މީގެ އިތުރުން ފުލުހުންގެ ތަަރައްްޤީއަށާއި ކުރިއެރުމަށް ކުރަމުންދާ މަސައްކަަތްތަކުގެ ފޮޓޯ ނަގާއި، އާކައިވްކުރުމާއި، ތާރީޚީ ތަކެތި ހޯދާ އެތަކެތި ދިރާސާކުރުމުގެ މަސައްކަތް ކުުރުންވެސް ހިމެނޭ ކަމަށް ފުލުހުން ވިދާޅުވެއެވެ.

img:http://s2.psmnews.mv/images/660x400/14777282027916.jpg|ޤައުމީ ދާރުލްއާސާރުގައި ޤާއިމްކޮށްފައިވާ ޕޮލިސް މިއުޒިއަމް

ޕޮލިސް މިއުޒިއަމް ޢާންމުކޮށް ހުޅުވިގެން ދިއުމާއެކު ރާއްޖެއާ ރާއްޖެއިން ބޭރުގެ އެކިއެކި ފަރާތްތަކުން މި މިއުޒިއަމް ބަލާލުމަށް ޒިޔާރަތްކޮށްފައިވެއެވެ. އޭގެ ތެރޭގައި ރާއްޖެއިން ބޭރުގެ ފާހަގަކޮށްލެވޭ ބޭފުޅުން ހިމެނެއެވެ. ދިިވެހި ފުލުހުންގެ ޚިދުމަތް ފެށިގެން އައި ގޮތާއި ފުލުހުން އެކި ދުވަސްވަރު ފުލުހުން ބޭނުންކޮށްފައިވާ ޔުނިފޯރމްތަކާއި ޚިދުމަތްތައް މިއުޒިއަމްގައި ފެންނަން ހުރެއެވެ. މީގެ އިތުރުން، ރާއްޖޭގައި ހިނގާފައިވާ ބޮޑެތި ޙާދިސާތަަައް ސިފަވާގޮތަށް ނަމޫނާތަކެއްވެސް މި މިއުޒިއަމްގައި ބަހައްޓާފައިވާ ތަކެތީގެ ތެރޭގައި ހިމެނެއެވެ.

ޕޮލިސް މިއުޒިއަމް ހުޅިވިފަހުން މިވީ 3 އަހަރުގެ ތެރޭގައި އެތަނަށް ތިރީސްހާހަށްވުރެ ގިނަ މީހުން ޒިޔާރަތްކޮށްފައިވެއެވެ. އޭގެ ތެރޭގައި ސްކޫލް ދަރިވަރުންނާއި، ކޮލެޖުތަކާއި، ރާއްޖެއިން ބޭރުގެ ޢިއްޒަތްތެރިން ހިމެނެއެވެ