ކުޅިވަރު

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފައިނަލް ރައުންޑް


އެސްޓީ އޯ މިނިވަން ޗެމްޕިއަންޝިޕް ފައިނަލް ރައުންޑްގެ ގްރޫޕް އެކެއްގެ ފުރަތަމަ މެޗް ދ.ކުޑަހުވަދޫ ޓީމާއި ތ.ތިމަރަފުށި ޓީމް ކާމިޔާބުކޮށްފިއެވެ. 

ކުޑަ ހުވަދޫގައި އދ.މަހިބަދޫއާ ދެކޮޅަށް ކުޅުނު މިމެޗް ކުޑަހުވަދޫ ކާމިޔާބުކުރީ އެކެއް ސުމަކުންނެވެ. މެޗްގައި ފެނުނު ހަމައެކަނި ލަނޑު ފުރަތަމަ ހާފްގައި ކުޑަހުވަދޫ ޓީމަށް ކާމިޔާބުކޮށްދިނީ ޖުމައިލް ޖަމީލެވެ. 

މިމުބާރާތުގެ ފައިނަލް ރައުންޑްގައި މިއަދު ކުޅުނު ދެވަނަ މެޗް ތިމަރަފުށީ ޓީމް ކާމިޔާބުކުރީ ނ.ލަންދުއާ ވާދަކޮށެވެ. މިމެޗްވެސް ނިމުނީ އެކެއް ސުމަކުންނެވެ. މިމެޗް ކާމިޔާބުކުރީ ތިމަރަފުށި ޓީމެވެ. ތިމަރަފުށި ޓީމްގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ޢަބްދުﷲ މުނާޒެވެ. މިމުބާރާތުގެ ކުޅުން މާދަމާވެސް ކުރިޔަށްދާނެއެވެ. އަތޮޅުތަކާއި ޒޯންތަކުގެ ޗެމްޕިަނުންގެ މެދުގައި ކުޅޭ މެޗްތަކަށްފަހު މުބާރާތުގެ ފަހު މެޗްތައް މާލޭގައި ކުޅުމަށް އެފްއޭއެމުންވަނީ ނިންމަވާފައެވެ.