ދީން

މުފްތީ މެންކާއެކު އިލްމު ޓޯކް ބޭއްވުމަށް ނިންމައިފި


ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކާއެކު އިލްމް ޓޯކް 2016 ބޭއްވުމަށް ނިންމައިފިއެވެ. 

އިލްމު ޓޯކްގެ ނަމުގައި ދީނީ އިލްމުވެރިން ހިމެނޭ ގޮތަށް މައުލޫމާތު ދިނުމުގެ ބައްދަލުވުންތަކެއް ބާއްވަމުން އަންނަ ޖަމިއްޔަތުއް ރަހުމާއިން ބުނީ މި އަހަރުގެ ބައްދަލުވުން އޮންނާނީ އަންނަ މަހުގެ އަށާރަވަނަދުވަހުގެ ރޭ އިސްލާމީ މަރުކަޒުގައިކަމަށެވެ. ނޫސްވެރިންނާއި ވާހަކަދައްކަވަމުން ޖަމިއްޔަތުލް ރަހުމާގެ ސްޕޯކްސްޕާސަން އަހްމަދު ހާޝިމް ވިދާޅުވީ، މިފަހަރުގެ އިލްމު ޓޯކްގައި ދުނިޔޭގެ މަޝްހޫރު އިލްމްވެރިޔާ މުފްތީ މެންކް ތަޤްރީރު ކުރައްވާނީ މުސްލިމަކު އަނެއް މުސްލިމެއްގެ މައްޗަށް އޮންނަ ހައްޤުތަކުގެ މައްޗަށްކަމަށެވެ. މިދިޔަ އަހަރު ބޭއްވި އިލްމު ޓޯކާ ޚިލާފަށް މިއަހަރު ބާއްވާ އިލްމު ޓޯކް ކުރިއަށްދާނީ އާންމުކޮށް ހުޅުވާލައިގެންކަމަށެވެ. މިފަހަރުގެ އިލްމް ޓޯކް އިއުލާން ކުރުމާއެކު އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަކަން ހާޝިމް ފާހަގަކުރެއްވިއެވެ. 

ޖަމްޢިއްޔަތުއް ރަޚްމާއިން މިއަހަރުގެ އިލްމު ޓޯކް ކުރިއަށް ގެންދަނީ ނެޝަނަލް ޔުނިވާސިޓީގެ ސްޓޫޑެންޓް ޔޫނިއަންއާއި އިސްލާމީ ޔުނިވާސިޓީގެ ސްޓޫޑެންޓް ޔޫނިއަންގެ އިތުރުން މޯލްޑިވިއަން ޔޫތު ލީގް (މައިލް) އާއި ގުޅިގެނެވެ.