ތަޢުލީމު

މަތީ ތަޢުލީމުގެ ކޯސްތަކުގެ ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފި


ރާއްޖެއާއި ރާއްޖޭން ބޭރުގައި ޑިޕްލޮމާއިން ފެށިގެން މާސްޓަރސް އާއި ހަމައަށް ތަޢުލީމް ހާޞިލްކުރުމަށް ބޭނުންވާ ފަރާތްތަކަށް ޙާއްޞަކޮށްގެން ދޫކުރައްވާ ލޯނަށް އެދުމުގެ ފުރުޞަތު އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައްވައިފިއެވެ.

މިލޯނު ފުރުސަތުގެ ދަށުން، މި ފަހަރު ހުޅުވާލާފައިވަނީ 900 ފުރުސަތެވެ. އަދި މި ލޯނުގެ ދަށުން ކިޔެވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައިވަނީ އަލަށް ކިޔަވާ ދަރިވަރުންނަށް ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. މި ސްކީމްގެ ދަށުން ލޯން ދޫކުރާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ޤަބޫލްކުރާ ޔުނިވަރސިޓީ ނުވަތަ އިންސްޓިޓިއުޓަކުން ކޯހެއް ފުރިހަމަކުރުމަށް، ހުށަހަޅާ ފަރާތްތަކަށް ކަމަށާއި ލޯނަށް އެދި ހުށަހަޅާ ދަރިވަރުންނަކީ ފުލްޓައިމްކޮށް ކިޔަވާ ދަރިވަރުންނަށް ވާންޖެހޭނެކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

ލޯނަށް އެދުމުގެ ފޯމް ބަލައިގަތުން އޮންނާނީ އަންނަ މަހުގެ 13 އިން 17 އަށެވެ.