ޚަބަރު

މޯލްޑިވްސް ހާފް މެރަތަން އެކްސްޕޯ ފަށައިފި


  • އެކްސްޕޯ ކުރިއަށްދާނީ މި މަހުގެ 11 އިން 12 އަށް

  • ހާފް މެރަތަން ކުރިއަށްދާނީ މި މަހުގެ 14 ވަނަ ދުވަހު ހުޅުމާލެ ސިންތެޓިކް ޓްރެކްގައި

މޯލްޑިވްސް ހާފް މެރަތަން 2026އާ ގުޅިގެން ބާއްޗާ އެކްސްޕޯ ހުޅުމާލެ، ސިންތެޓިކް ޓްރެކްގައި ފަށައިފިއެވެ.

މި އެކްސްޕޯ ކުރިއަށްދާނީ މި މަހުގެ 11 އިން 12 އަށެވެ. މި އެކްސްޕޯގައި މި ފަހަރު ވެސް ތަފާތު އެކި ހަރަކާތްތައް ކުރިއަށް ގެންދަން ނިންމާފައިވާއިރު، ރޭ ވަނީ އެކްސްޕާޓުންގެ ޕެނަލްޑިސްކަޝަން ކުރިއަށް ގެންގޮސްފައެވެ.

މި ޕެނަލް ޑިސްކަޝަންގައި އެކުގައި ދުވުން އަދި ސިއްހީ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމާ ގުޅޭގޮތުން ވާހަކަ ދައްކާފައިވެއެވެ. މި ފަހަރުގެ ޕެނަލްގައި ފިޓްނަސްގެ ފުންނާބުއުސް މިލިންޑް ސޮމަން ވަނީ ބައިވެރިފައެވެ. މިލިންޑް ސޮމަން އަކީ މޯލްޑިވްސް ހާފް މެރަތަންގެ އެމްބެސަޑަރެވެ.

މީގެ އިތުރުން މި ފަހަރުގެ އެކްސްޕޯގައި ވެސް މުނިފޫހިފުލުވުމުގެ ތަފާތު ހަރަކާތްތައް ކުރިއަށްދާނެ

އަދި މި މަހުގެ 13 ވަނަ ދުވަހު ހަވީރު ކުޑަ ކުދިންގެ ހަވީރެއް ވެސް ހާފް މެރަތަން އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.

މި ފަހަރުގެ ހާފް މެރަތަން ކުރިއަށްދާނީ މި މަހުގެ 14 ވަނަ ދުވަހު ހެނދުނު ހުޅުމާލެ ސިންތެޓިކް ޓްރެކްގައެވެ.