ޚަބަރު

ކެއްކުންތެރިންގެ ދުވަސް ފާހަގަކުރުމަށް ހަރަކާތްތަކެއް ބާއްވައިފި


އިންޓަރނޭޝަނަލް ޝެފް ޑޭ ނުވަތަ ކެއްކުންތެރިންގެ ބައިނަލްއަޤްވާމީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްއިން، އޯޓިޒަމް ކުދިންނަށް ޚާއްސަކޮށްގެން ޙަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ. 

މިއަދު ހެނދުނު ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގައި ކުރިއަށް ދިޔަ މިހަރަކާތުގައި އެކި ކާއެއްޗެހި ބޭނުންކޮށްގެން ތަށީގައި އެކި ކުރެހުންތައް ކުރަހާފައިވެއެވެ. މި ހަރަކާތުގައި މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ ކުދިންނާއި އެކުދިންގެ ބެލެނިވެރިން ބައިވެރިވިއެވެ. ވޯލްޑް ޝެފް އޮގަނައިޒޭޝަނުން މިއަހަރުގެ ޝެފް ޑޭއަށް ކަނޑައަޅާފައިވާ ޝިޢާރަކީ "އާރޓް އޮން އަ ޕްލޭޓް" މިޝިއާރެވެ. 

ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގެ ޑީން ޒީނާޒް ހުސައިން ވިދާޅުވީ، އިންޓަރނޭޝެނަލް ޝެފް ޑޭ ފާހަގަކުރުމުގެ ބޭނުމަކީ އެދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ހުނަރު ދައްކާލުމާއެކު، އެދާއިރާއަށް މީހުން ބިނާކުރުން ކަމަށެވެ.