ޚަބަރު

ޓެރަރިޒަމް ނައްތާލުމާބެހޭ ބައިނަލްއަޤްވާމީ ސެމިނާއެއް ފަށައިފި


ޓެރަރިޒަމާއި ހައްދުފަހަނައަޅާދިއުން ރާއްޖެއިން ނައްތާލުމަށް ބައިނަލް އަގްވާމީ ފަރާތްތަކުގެ ތަޖުރިބާ ހިއްސާކުރުމުގެ ބައިނަލްއަގްވާމީ ސެމިނާއެއް ރާއްޖޭގައި ފަށައިފިއެވެ. 

މި ސެމިނާއަކީ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން އިންތިޒާމް ކޮށްގެންކުރިއަށްދާ ސެމިނާއެކެވެ. މި ސެމިނަރގައި ބޮޑަށް ވާހަކަދެކެވޭނީ ޓެރަރިޒަމް ނައްތާލުމަށް ކުރެވެން ހުރި މަސައްކަތްތަކާއި ގުޅޭގޮތުންކަމުގައި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން މައުލޫމާތުދެއްވައެވެ. އަދި މިކަމާގުޅޭގޮތުން ބޭރުގެ ފަރާތްތަކުން އެބޭފުޅުންގެ ތަޖުރިބާ ހިއްސާކުރާގޮތަށްވަނީ ހަމަޖެހިފައެވެ. ސެމިނަރގައި އެންމެ ބޮޑު އިސްކެމެއްދީގެން ކުރިއަށްދާނީ ރާއްޖޭގައި ޓެރަރިޒަމްގެ ނުރައްކާ އޮތް މިންވަރާ ގުޅޭގޮތުންކަމަށާއި އަދި މިކަމުގެ ސަބަބުން ރާއްޖޭގެ ފަތުވެރިކަމަށް އޮތް ނުރައްކަލާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރުމަށް ހަމަޖެހިފައިވާކަމަށް އެސެންޓަރުން މަޢުލޫމާތުދެއްވައެވެ.

މި ސެމިނަރ ކުރިއަށްދާނީ މާދަމާގެ ނިޔަލަށެވެ.