ޚަބަރު

"ކުރިއަށްއޮތް ދެ ދުވަހުވެސް ވިއްސާރަ ކުރާނެކަމަށް ލަފާކުރެވޭ"


ކުރިއަށްއޮތް ދެ ދުވަހުވެސް ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ވިއްސާރަ ކުރާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

އަދި ރާއްޖޭގެ އުތުރަށް މޫސުން ރަނގަޅުވާނެކަމަށް އެ އިދާރާއިން ވިދާޅުވެއެވެ. މިހާރު ރާއްޖެއަށް ކުރަމުން މިދަނީ ހުޅުނގު މޫސުމުގެ ބާރު ގަދަވުމުގެ ސަބަބުން ކުރާ ވިއްސާރަކަމަށް އެ އިދާރާއިން ވިދާޅުވެއެވެ. ރާއްޖެއަށް ކުރަމުން މިދާ ވިއްސާރައިގައި ކުރިއަށް އޮތް ސައުވީސް ގަޑިއިރު ރާއްޖޭގެ މެދުތެރެއާއި އުތުރުގެ ހިސާބުތަކަށް ވައިގަދަވެ، ބޯކޮށް ވާރޭ ވެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް ސާޅިސް މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ. 

މިވިއްސާރައިގެ އަސަރު  ވޭތުވެދިޔަ 24 ގަޑިއިރުގެތެރޭގައި އެންމެބޮޑަށް ކޮށްފައިވަނީ މެދުތެރެއާއި އުތުރުގެ އަތޮޅުތަކަށްކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. 

ވޭތުވެދިޔަ ސައުވިސް ގަޑިއިރުގެ ތެރޭ ރާއްޖޭގެ އެއްވެސް ސަރަޙައްދަކުން ކަނޑުމަތީގެ ހާދިސާއެއް ހިނގިކަމުގެ މަޢުލޫމާތު ލިބިފައި ނުވާކަމަށް އެމް.އެން.ޑި.އެފުން ވިދާޅުވެއެވެ.