ކުޅިވަރު

މިއީ ލިބުނު އިތުރު ހިތްވަރެއް - ސާޖިނާ


ފެތުމުގެ ތާރީޚުގައި ހޯދި ފުރަތަމަ ރިހި މެޑެއްޔާއެކު ދިވެހި ފެތުންތެރިން ކުރިއަރަމުންދާކަމަށް، އަށާރަ އަހަރުން މަތީގެ އަންހެން ކެޓަގަރީގެ 200 މީޓަރު ބްރެސްޓްސްޓްރޯކުން ރިހި މެޑަލް ހޯދި އައިޝަތު ސާޖިނާ ބުނެފިއެވެ. 

ކޮލަންބޯގައި ކުރިއަށްދިޔަ ސައުތު އޭޝިއަން އެކުއަޓިކް ސްވިމިންގ ޗެމްޕިއަންޝިޕްސް ނިންމާލުމަށްފަހު މާލެއައިސް ނޫސްވެރިންނާ ވާހަކަދައްކަމުން ސާޖިނާ ބުނީ ސްވިމިންގެ ތާރީހުގައި ފުރަތަމަ ފަހަރަށް ރިހި މެޑަލްއެއް ހޯދުމުން ވަރަށް ހިންހަމަޖެހޭކަމަށާއި، މިއީ ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމުން ލިބުނު ކާމިޔާބީއެއްކަމަށެވެ. މިއީ ސައުތު އޭޝިއަން އެކުއަޓިކް ސްވިމިންގ ޗެމްޕިއަންޝިޕްސްގެ ފުރަތަމަ މުބާރާތަށްވެފަ، މިފަދަ ބޮޑު ކާމިޔާބީއެއް ހޯދިދާނެކަމަށް އެއްވެސް ވަރަކަށް އުއްމީދުވެސް ނުކުރާކަމަށް ސާޖިނާބުންޏެވެ.

ސްވިމިންގް ޓީމްގެ ކޯޗް އިސްމާޢީލް އަރުހާންބުނީ ރާއްޖޭގެ ފެތުންތެރިންނަކީ ވަރަށް ހުނަރުވެރި، ރަގަނޅު ފެތުންތެރިންތަކެއް ކަމަށާއި ތަމްރީން އިތުރަށް ލިބިއްޖެނަމަ، މިއަށްވުރެއްވެސް ބޮޑު ކާމިޔާބީއެއް ހޯދިދާނެ ކަމަށެވެ. ފެތުންތެރިންނަށް ޚާއްސަ ޕޫލެއް ރާއްޖޭގެ ނެތްނަމަވެސް ސައުތު އޭޝިއަން އެކުއަޓިކް ސްވިމިންގ ޗެމްޕިއަންޝިޕްސްގައި ރާއްޖެއިން 17 މެޑަލް ހޯދުމުން، އެކަމުންވެސް އެނގެނީ ސްވިމިންއަކީ ރާއްޖެއަށް މުސްތަޤުބަލް އޮތް ކުޅިވަރެއްކަމަށެވެ. އަދި މިއަށް ވުރެ ބޮޑެތި މުބާރާތްތަކުގައި ރަނގަޅު ކާމިޔާބީތަކެއް ހާސިލް ކުރެވިދާނެކަން މިއަދު ރާއްޖޭގެ ފެތުންތެރިން ދައްކާދީފައިވާކަމަށްވެސް ސްވިމިންގް ޓީމްގެ ކޯޗް އިސްމާޢީލް އަރުހާން ބުންޏެވެ.

 ސައުތު އޭޝިއަން އެކުއަޓިކް ސްވިމިންގ ޗެމްޕިއަންޝިޕްސް ނިމުނުއިރު ރާއްޖޭގެ ސްވިމިންގް ޓީމުންވަނީ 17 މެޑަލް ހޯދާފައެވެ. އެއީ 15 ބްރޯންޒް މެޑަލްއާއި  2 ރިހި މެޑަލްއެވެ. މީގެ އިތުރުން ރާއްޖޭގެ ފެތުންތެރިން ވަނީ ހަތަރު ޤައުމީ ރެކޯޑުވެސް މިމުބާރާތުގައި އާ ކޮށްފައެވެ.