ޚަބަރު

ރާއްޖެއިން ބޭރުގައި ވޯޓުފޮށި ނުބަހައްޓަން ނިންމިނިންމުން ބާޠިލް


ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ނުބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމެވި ނިންމެވުން ބާޠިލްކުރައްވާ، ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓާގޮތަށް އެކޮމިޝަނުން ނިންމަވައިފިއެވެ. 

އިލެކްޝަންސް ކޮމިޝަނުން ކުރިން ވަނީ، ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ނުބަހައްޓާގޮތަށް ނިންމަވާފައެވެ. އެ ނިންމެވުން ބާޠިލްކުރައްވާފައި ވަނީ،  އިންތިޚާބުތަކުތަކަށް ލަފާދޭ ކޮމިޓީއަށް ހުށައެޅި ޚިޔާލު މުރާޖާކުރުމަށްފަހުކަމަށް އެ ކޮމިޝަނުން ވިދާޅުވެއެވެ. އެކޮމިޝަނުން ވިދާޅުވީ، ކުރީ އަހަރުތަކުގައިވެސް ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބެއްހެއްޓި ސަރަހައްދުތަކުގައި މިފަހަރުވެސް ވޯޓު ފޮށި ބަހައްޓާނެކަމަށެވެ. އަންނަ ޖެނުއަރީމަހުގެ ސާދަ ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ހަތަރަސްތޭކަ އަށްޑިހައަށްވުރެ ގިނަ ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. ކުރީ އިންތިޚާބުގައި ރާއްޖެއިން ބޭރުގެ ހަ ވޯޓު ފޮށި ބަހައްޓަފައިވެއެވެ. 

މިފަހަރު ރާއްޖެއިންބޭރުގައި ވޯޓުފޮށި ބަހައްޓަން ހަމަޖެހިފައިވަނީ 1000 އަށްވުރެ ގިނަމީހުން އެޤައުމެއްގައި ވޯޓުލާން ރަޖިސްޓްރީކުރާ ޤައުމުތަކުގައެވެ.