ޚަބަރު

އަމީނިއްޔާ ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް އާމިނަތު އިބާނާ


އަމީނިއްޔާ ސްކޫލުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް އާމިނަތު އިބާނާ ޝާހިދު ހޮވިއްޖެއެވެ.

ރޭ ބޭއްވި އަމީނިއްޔާ ސްކޫލްގެ މިދިޔަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގައި އިބާނާއަށް އިނާމު ހަވާލުކޮށްދެއްވީ، ޖަލްސާގެ ޝަރަފުވެރި މެހްމާން، ފެނެކަ ކޯޕަރޭޝަންގެ އެމްޑީ، އަހްމަދު ޝަރީފެވެ.  މި ޖަލްސާގައިވަނީ އެ ސްކޫލުން ފާހަގަކޮށްލެވޭ ވަނަވަނަ ހާސިލްކުރި ދަރިވަރުން ފާހަގަކޮށް އިނާމާ، ތަށްޓާ، ހަނދާނީ ލިޔުން ދެއްވާފައެވެ. 

މީގެ ތެރޭގައި ވަކިވަކި މާއްދާތަކުންނާއި ސްކޫލް ފެންވަރާއި ޤައުމީ ފެންވަރުގެ ކާމިޔާބީ ހާސިލްކުރި ދަރިވަރުން ހިމެނެއެވެ. އަދި މިދިޔަ އަހަރު ނޭޝަނަލް ޓޮޕް ޓެން އަދި ސްކޫލް ޓޮޕްޓެން ގައި ހިމެނުނު ދަރިވަރުންވެސް ހިމެނެއެވެ. މީގެއިތުރުން ދުނިޔޭގެ ފެންވަރުގައި ވަނަ ވަނަ ހާސިލް ކުރި ދަރިވަރުން ފާހަގަކޮށް އެކުދިންނަށް ވެސް އިނާމުދެއްވާފައިވެއެވެ. މިދިޔަ އަހަރު މުޅި ސްކޫލުން އެއްވަނަ ދަރިވަރަކަށް އިބާނާ ހޮވުނުއިރު، ދެވަނަ ދަރިވަރަކަށް ހޮވިފައިވަނީ، އައިޝަތު ނާޒިޔާ ނިޔާޒެވެ. އަދި ތިންވަނަ ދަރިވަރަކަށް ހޮވިފައިވަނީ، ނަފްހާ ނަސްރު ﷲ އެވެ.