ޚަބަރު

4 ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަންކުރައްވައިފި


  • ހިންގުން ހަރުދަނާކުރަން ކުންފުނިތަކުގެ ބޯޑުތަކަށް ޤާބިލު ބޭފުޅުން އައްޔަނުކުރައްވާ

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަނުން 4 ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަން ކުރައްވައިފިއެވެ.

ބޯޑު މެންބަރުން އައްޔަން ކުރައްވާފައިވަނީ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަށާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށާއި، އައިލޭންޑް އޭވިއޭޝަންގެ އިތުރުން ފަހި ދިިރިއުޅުން ކޯޕަރޭޝަނަށެވެ.

ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަން ކުރެއްވި ބޭފުޅުން

- ފަހި ދިރިއުޅުން ކޯޕަރޭޝަން: މއ.ޝަހީން/ ޢަބްދުﷲ ޔާމީން
- އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް: ދ. ކުޑަހުވަދޫ، ތިކުރީތު/ މައީޝާ އިބްރާހިމް
- ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން: ދ. ބަނޑިދޫ، ފެހިވިނަ/ ޝާހިދު މޫސާ
- މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން: ގ. ބަނީ/ އަޙްމަދު މާޒިން

ސަރުކާރުން ދަނީ، ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ކުންފުނިތަކުގެ ބޯޑުތަކަށް ޤާބިލު ބޭފުޅުން އައްޔަން ކުރައްވަމުންނެވެ. މިގޮތުން އަލަށް އައްޔަން ކުރެއްވި މެންބަރުންނަކީ، އެކި ދާއިރާތަކުން ތަޢުލީމާއި ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅުންނެވެ.