ޚަބަރު

ފާތިމަތު އިބްރާހީމް ގަލޮޅުގެ ބައެއް ރައްޔިތުންނާ ބައްދަލުކުރުން


ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ގަލޮޅުގެ ބައެއް ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ.

''ރައްޔިތުންގެ އަރިހަށް މެޑަމް ފާތުން'' މިނަމުގައި ސިނަމާލެ ފަހަތުގައި އޮންނަ ހުސްބިމުގައި ބޭއްވި ބައްދަލު ކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ވަނީ ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކާ ވަކިވަކިން ބައްދަލުކުރައްވާ އެ ފަރާތްތަކުގެ ޙާލު ބައްލަވާލައްވާ، އެމީހުންނަށް ދިމާވެފައިވާ ދަތިތައް އޮޅުންފިލުއްވާފައެވެ. img:http://s3.psmnews.mv/images/660x400/14771511183756.jpg|ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ގަލޮޅުގެ ބައެއް ރައްޔިތުންނާ ބައްދަލުކުރެއްވުން - ފޮޓޯ: ޕީއެސްއެމް

މި ބައްދަލުކުރެއްވުމުގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެމީހުންގެ ޢާއިލާތަކުންވެސް ބައިވެރިވެފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ އެފަރާތްތަކަށް ދިމާވެފައިވާ ދަތިތައްވެސް އޮޅުންފިލުއްވާފައެވެ. img:http://s4.psmnews.mv/images/660x400/14771511331975.jpg|ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ގަލޮޅުގެ ބައެއް ރައްޔިތުންނާ ބައްދަލުކުރެއްވުން - ފޮޓޯ: ޕީއެސްއެމް

މި ބައްދަލުވުމުގައި ދޮށީ އުމުރުގެ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުޑަކުދިން ބައިވެރިވެފައިވެއެވެ. ރައްޔިތުންނާއި ވީހާވެސް ގާތުން ބައްދަލުކުރައްވައި، ޙާލުއަޙްވާލު އޮޅުންފިލުވުމުގެ ގޮތުން މާލޭގެ އެކި އަވަށްތަކާއި ސަރަޙައްދުތަކުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިފަދަ އިތުރު ބައްދަލުވުންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.