ޗެލްސީން އިނގިރޭސި ޑިފެންޑަރ ޖޯން ސްޓޯންސް އަށް ޝައުގުވެރިކަން ފާޅުކޮށް، އޭނާ ހޯދުމުގެ ރޭހަށް ވަދެއްޖެއެވެ.
މެންޗެސްޓަރ ސިޓީގެ ކުރީގެ ޑިފެންޑަރ ޖޯން ސްޓޯންސް ހޯދުމުގެ ރޭހުގައި ދެން އޮތީ އިޓަލީގެ އިންޓަރ މިލާނެވެ. ސިޓީއާއެކު އޮތް އެއްބަސްވުން ޖޫން މަހުގެ ނިޔަލަށް ހަމަވުމުން ހިލޭ އެއްބަސްވުމެއްގެ ދަށުން ބޭނުން ކްލަބަކަށް ދިއުމުގެ ފުރުސަތު ޖޯން ސްޓޯންސްއަށް އެބައޮތެވެ. ފީފާ ވަރލްޑްކަޕްގެ ތިންވަނަ ހޯދި އިނގިރޭސި ޓީމްގައި ހިމެނުނު ސްޓޯންސް ވަނީ މެންޗެސްޓަރ ސިޓީއާއެކު ކާމިޔާބު ކެރިއަރެއް ހޭދަކޮށްފައެވެ. ސްޓޯންސްގެ އިތުރުންވެސް އެހެން ބައެއް ޑިފެންޑަރުންނަށް ޗެލްސީގެ ޝައުގުވެރިކަން އެބައޮތެވެ. އޭގެތެރޭގައި ކްރިސްޓަލް ޕެލަސްގެ ފްރާންސް ޑިފެންޑަރ މެކްސްއެންސް ލަކްރޮއިކްސް ހިމެނެއެވެ. މީގެއިތުރުން ކޯމޯގެ ސްޕެއިން ޑިފެންޑަރ ސަމޯންއަށްވެސް ޗެލްސީން ދަނީ ބަލަމުންނެވެ. ޗެލްސީގެ އާ ކޯޗު ޒަބީ އަލޮންސޯއާއެކު ޓީމްގެ ޑިފެންސް ލައިން ބަދަލުކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ޓީމްގައި މިހާރު ތިބި ގިނަ ޑިފެންޑަރުން ވިއްކާލުމަށްފަހު އާ ޑިފެންޑަރުން ހޯދައިގެން ޓީމް ވަރުގަދަ ކުރުމަށް އަލޮންސޯ ދަނީ މަސައްކަތްކުރަމުންނެވެ.
ޗެލްސީގެ ޝައުގުވެރިކަން އެންމެ ބޮޑަށް އޮތް 32 އަހަރުގެ ޖޯން ސްޓޯންސް ވަނީ ސިޓީއާއެކު ހަ ޕްރިމިއަރ ލީގާއި ޗެމްޕިއަންސް ލީގެއް ހޯދާފައެވެ، މީގެއިތުރުން ދެ އެފްއޭކަޕާއި، ފަސް ލީގު ކަޕް އުފުލާލިއެވެ. ކްލަބް ވަރލްޑްކަޕާއި، ޔުއެފާ ސުޕަރ ކަޕްވެސް އުފުލާލިއެވެ. ޖޯން ސްޓޯންސް ސިޓީއަށް ބަދަލުވީ އެސްޓަން ވިލާއިންނެވެ.