ހދ. ހަނިމާދޫ ބަނދަރުގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ ބޭނުންނުުރެވޭ ވަރަށް އަނދައިފިއެވެ.
ފުލުހުން ވިދާޅުވީ، ހަނިމާދޫ ބަނދަރުގައި އޮތް ލޯންޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ރޭ ދަންވަރު 12:20އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށެވެ.
ފުލުހުން ވިދާޅުވީ، މި ހާދިސާގައި ލޯންޗުގެ ކެޕްޓަނަށާއި ފަޅުވެރިއަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާކަމަށާއި، ފަޅުވެރިޔާއަށް ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާކަމަށެވެ.
ނަމަވެސް، ކެޕްޓަނަށް ހަނިމާދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ބަދަލުކޮށްފައިވާކަމަށް ވިދާޅުވިއެވެ. މި ހާދިސާގައި ލޯންޗު ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައެވެ.
ފުލުހުން ދަނީ މި ހާދިސާ ތަހުގީގުކުރަމުންނެވެ.