މުނިފޫހިފިލުވުން

އެމް.އެމް.އޭ.ސީ ގެ އެންމެ މޮޅު ދަރުވަރަކަށް ކަމީލާ


މޯލްޑިވްސް މިއުޒިކް އެންޑް އާރޓްސް ސެންޓަރު (އެމް.އެމް.އޭ.ސީ) ގެ 2014 ވަނަ އަހަރާއި 2015 ވަނަ އަހަރުގެ މޮޅު ދަރިވަރަކަށް ކަމީލާ ލަތީފާ އަޔާޒް ޝަރީފް ހޮވިއްޖެއެވެ. 

މިކަން ފަހަގަކުރީ ރޭ ޖަމާލުއްދީން ސްކޫލްގައި ބޭއްވި އެ ސެންޓަރ ގެ 6 ވަނަ އަހަރީ ދުވަސް ފާހަކުރުމުގެ ރަސްމިއްޔާތުގައެވެ.އެމް.އެމް.އޭ.ސީގެ ދަރިވަރުންގެ ކޮންސަރޓަކާއި އެކު ކުރިއަށް ގެންދިޔަ މި ހަފްލާގައި ވޭތުވެދިޔަ ދެ އަހަރުގެ އެންމެމޮޅު ދަރިވަރު ކަމީލާ ލަތީފާ އަޔާޒް ޝަރީފްގެ ވާހަކާގައި ބެލެނިވެރިންނާއި ޓީޗަރުންނަށް ޝުކުރު އަދާކޮށްފައިވެއެވެ. 

2009ވަނަ އަހަރުގައި ފެށި މޯލްޑިވްސް މިއުޒިކް އެންޑް އާރޓްސް ސެންޓަރު (އެމް.އެމް.އޭ.ސީ) އިން މިހާރު ބައިނަލްއަގްވާމީ ފެންވަރުގެ ކޯސްތައް ހިންގަމުންދެއެވެ. މި ސެންޓަރުގައި 320 ދަރިވަރުން މިހާރު ދަނީ ތައުލީމް ހާސިލް ކުރަމުންނެވެ.