ޚަބަރު

ހުޅުމާލެ މިސްކިތަކަށް ގެއްލުން ދިން މައްސަލައެއް ބަލަނީ


  • މައްސަލަ ރިޕޯޓު ކުރީ ފަތިހު 3:47 ހާއިރު

  • މައްސަލަ ދަނީ ތަހުގީގުކުރަމުން

ހުޅުމާލޭގައި ހުންނަ އަޒީޒާ މޫސާ މިސްކިތުގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލައި، އެ މިސްކިތަށް ބޮޑެތި ގެއްލުންތަކެއް ދީފިއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން މައުލޫމާތު ދެއްވާ ގޮތުގައި، މި ހާދިސާ ހިނގައިގެން އުޅޭކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މި މަހުގެ 20 ވަނަ ދުވަހުގެ ފަތިހު 3:47 އެހައިކަންހާއިރުއެވެ. މިސްކިތަށް ދީފައިވާ ގެއްލުންތަކާ ގުޅިގެން، ފުލުހުން މިހާރު ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ވިދާޅުވީ، މިސްކިތުގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަޙުޤީޤު ކުރަމުންދާ ކަމަށެވެ. އަދި މި އަމަލު ހިންގި ކަމަށް ތުހުމަތުކުރެވޭ ފަރާތް ދެނެގަނެވިފައިވާ ކަމަށާއި، އެމީހާގެ ހާލަތަށް ރިއާޔަތްކޮށް، ކަމާބެހޭ އިދާރާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއްވާފައިވެއެވެ.

މިސްކިތްތަކަކީ މުގައްދަސް ތަންތަނަށް ވީހިނދު، މިސްކިތުގެ ހުރުމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ ސަރުކާރުން ނުހަނު އިސްކަންދޭ ކަމެކެވެ. އެގޮތުން މި ހާދިސާއާ ގުޅިގެން މިސްކިތުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ކުރަމުންނެވެ.

މި މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކުރިކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، މިސްކިތްތަކަށް ގެއްލުންދޭ ފަރާތްތަކާ މެދު ޤާނޫނީ ގޮތުން އެޅެންހުރި އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.