ކުޅިވަރު

ޗެމްޕިއަންކަން އަފުން ޓީމް ހޯދައިފި


ފޯރިގަދަ ކުޅުމަކަށްފަހު ފުވައްމުލަކު ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އަފުން ޓީމް ހޯދައިފިއެވެ.

 ފުވައްމުލަކު ދިގުވާޑު އަވަށަށް ނިސްބަތްވާ އަފުން ޓީމް ޗެމްޕިއަންކަން ހޯދީ ފައިނަލްގައި އައްޑޫ ސިޓީ މީދުއާ ވާދަކޮށް ތިންސެޓް ދެސެޓުން މެޗް ކާމިޔާބުކޮށްގެންނެވެ. މެޗްގެ ފުރަތަމަ ސެޓް 23-25 އިންނެވެ. ކާމިޔާބުކުރީ މީދޫ ވޮލީ ޓީމެވެ. ޖެހިގެން އައި ދެސެޓް އަފުން ޓީމް ކާމިޔާބުކުރީ 21-25 15-25 އިންނެވެ. މެޗްގެ ހަތަރުވަނަ ސެޓް މީދޫ ޓީމް ކާމިޔާބުކުރީ 23-25 އިންނެވެ. ފަހުސެޓް އަފުން ޓީމް ކާމިޔާބުކުރީ 13-15 އިންނެވެ. 

ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއަކީ އަފުން ޓީމްގެ އިސްމާޢީލް ސާޖިދުއެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކީ އަފުން ޓީމްގެ ކޯޗް އަޙްމަދު މިހާދުއެވެ. މުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިންނަކީ ޗެމްޕިއަން އަފުންޓީމްގެ އިސްމާޢީލް ސާޖިދު، އަޝްފާޤް އާދަމް، ޙުސައިން ވިޝާމް، މީދޫ ވޮލީ ޓީމްގެ މުރާދު ޖީހާން، އާދަމް ނަސީމް އަދި ފިސްޑާގެ ޢަލީ ހުޒާމްއެވެ. ފެއާޕްލޭ ޓީމަކީ ފިސްޑާއެވެ.

 މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 100،000 ރުފިޔާގެ ފައިސާގެ އިނާމެއް ފުވައްމުލަކު ކައުންސިލުންވަނީ ދީފައެވެ. ރަނަރއަޕް ޓީމަށް 50،000 ރުފިޔާ އަދި ތިންވަނަ ޓީމަށް 25،000 ރުފިޔާވަނީ ދީފައެވެ. ފުވައްމުލައް ސިޓީ ކައުންސިލުން މަޢުލޫމާތު ދެއްވި ގޮތުގައި އަންނަ އަހަރުވެސް މިއަށްވުރެ ފޯރިގަދަކޮށް މިމުބާރާތް ބޭއްވުމަށްވަނީ ނިންމާފައެވެ.