10 ލަނޑު ފެނިގެން ދިޔަ މެޗު ކާމިޔާބުކޮށް، ފީފާ ވަރލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ 3 ވަނަ އިންގްލެންޑުން ހޯދައިފިއެވެ.
ތިންވަނަ ކަނޑައަޅަން ފްރާންސާއި އިންގްލެންޑް ވާދަކުރި މެޗުގެ ފުރަތަމަ ހާފްގައި އިނގިރޭސީން 4 ލަނޑު ޖަހާ ސިހުން ގެނުވިއެވެ. މުބާރާތުގައި އިންގްލެންޑުން އެންމެ މޮޅަށް ކުޅުނު ހެރީ ކޭން އާއި ބެލިންގހަމް ވެސް ނުލާ ނިކުމެ، ތިންވަނަ މިނިޓްގައި ފްރާންސްގެ ގޯލް ހުޅުވާލިއެވެ. މިޑްފީލްޑަރ ރައިސްގެ ގޯލުން ނެގި ލީޑް 18 ވަނަ މިނިޓްގައި ލީޑް ފުޅާކުރީ ބޭންޑް އަޅައިގެން ނިކުއިން ރައިސް ނެގި ކޯނަރެއް އެޒްރީ ކޮންސާ ބޮލުން ޖެހި ލަނޑުނެވެ. ރައިސް ގޯލް ޖެހީ އޭރިޔާ ބޭރުން ގޯލްގެ ތިރީ ކަނަށް ފޮނުވާލައިގެންނެވެ. 37 ވަނަ މިނިޓްގައި ތިންވަނަ ލަނޑު ޖެހީ، މެޗުގައި ހެޓްރިކް ހެދި ބުކާޔޯ ސަކާ އެވެ. އެއީ މާކަސް ރަޝްފޯޑް ތަނަވަސްކޮށްދިން ފުރުޞަތުގައެވެ. ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ސަކާ ދެވަނަ ގޯލެއް ޖެހިއެވެ. މިއީ ވަރލްޑްކަޕް މެޗެއްގެ އެއް ހާފްގައި ފްރާންސް ކޮޅަށް ތިން ލަނޑަށްވުރެ ގިނައިން ވަން ފުރަތަމަ މެޗެވެ.
ދެވަނަ ހާފް ފަށައިގެން 26 މިނިޓްގެ ތެރޭގައި ތިން ލަނޑު ޖަހުމުން ފްރާންސުން މެޗުގެ ނަތީޖާ އަނބުރާލާނެ ކަމަށް ބެލެވުނެވެ. ޑެމްބެލޭ އާއި ބާކޯލާ ކުޅެން ނިކުމެ ފްރާންސުން ނަތީޖާ ފަރަގު ކުޑަކުރީ އެމްބާޕޭގެ ދެ ގޯލާއި ބާކޯލާގެ ގޯލަކުންނެވެ. ފްރާންސްގެ ފުރަތަމަ ލަނޑު ދެވަނަ ހާފް ފަށައިގެން ތިންވަނަ މިނިޓްގައި ޖެހީ އެމްބާޕޭ އެވެ. އެއީ މުބާރާތުގައި އެންމެ ގިނަ އެސިސްޓް ދިން އޮލީސޭ ތަނަވަސްކޮށްދިން ފުރުޞަތަކުންނެވެ. އޭގެ ފަސް މިނިޓް ފަހުން އެމްބާޕޭ ތަނަވަސްކޮށްދިން ފުރުޞަތަކުން ބާކޯލާ ފްރާންސަށް ދެވަނަ ގޯލެއް ޖަހައިދިނެވެ. ދެން ފެނުނީ އެމްބާޕޭ ވަރލްޑްކަޕް ރެކޯޑް ހެދި ފްރާންސްގެ ތިންވަނަ ލަނޑެވެ. އޮލީސޭ ތަނަވަސްކޮށްދިން ފުރުޞަތަކުން އެމްބާޕޭ ޖެހި ގޯލަކީ ވަރލްޑްކަޕްގައި އޭނާގެ 22 ވަނަ ގޯލެވެ. މިއާއެކު ވަރލްޑްކަޕްގެ ތާރީޚުގައިވެސް އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއަކީ އެމްބާޕޭއެވެ. އެއީ 22 ގޯލެވެ. ވަރލްޑްކަޕްގައި އެމްބާޕޭ މިހާތަނަށް ކުޅުނީ ވެސް 22 ގޯލެވެ. މިމުބާރާތުގެ ލަނޑު ލިސްޓްގެ ކުރީގައި މިހާރު ހުރީވެސް އެމްބާޕޭ އެވެ. މީގެއިތުރުން މިމެޗުގައި އޮލީސޭ ތިން ދެ އެސިސްޓާއެކު އޭނާ ވަނީ މުބާރާތުގައި 7 އެސިސްޓްކޮށް ޕެލޭ އަތުގައި އޮތް އެރެކޯޑާވެސް ހަމަކޮށްފައެވެ. އެކަމަކު މުބާރާތުގައި އޮލީސޭ އަށް ލަނޑެއް ނުޖެހެއެވެ.
ލަނޑަކަށް ފްރާންސުން ފަރަގު ކުޑަކުރި ނަމަވެސް ނަތީޖާ ހަމަހަމަ ކުރުމުގެ ފުރުޞަތުން އިންގްލެންޑުން ނުދިނެވެ. 79 ވަނަ މިނިޓްގައި ބެލިންގހަމް އަދި 83 ވަނަ މިނިޓްގައި ރީސް ޖޭމްސް ކުޅެން ނިކުމެ، 87 ވަނަ މިނިޓްގައި އިންގްލެންޑުން އެމީހުންގެ ފަސްވަނަ ގޯލް ޖެހިއެވެ. އިންގްލެންޑްގެ ފަސްވަނަ ގޯލް ޖަހާ އިނގިރޭސިންނަށް މިމުބާރާތުގައި ފުރަތަމަ ހެޓްރިކް ހަދައިދިނީ ޕެނަލްޓީ އަކުން ސާކާ އެވެ. އެއީ ޑީނޭ އަށް ސްޕެންސް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. އޭގެފަހުން މެޗުގެ 90 މިނިޓް ހަމަވެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި 7 މިނިޓްގެ ތެރެއިން 6 ވަނަ މިނިޓްގައި ޑެމްބެލޭ ލަނޑު ޖަހާ ފާންސްގެ 4 ގޯލް ޖެހިއެވެ. ފަރަގު އަލުން ޕޮއިންޓަކަށް ކުޑަވެފައި ވަނިކޮށް، 8 ވަނަ މިނިޓްގައި ބެލިންގހަމް ލަނޑު ޖަހާ އިނގިރޭސީންނަށް ތިންވަނަ ކަށަވަރުކޮށްދިނެވެ.