ޚަބަރު

ކޮމަންވެލްތް ގޭމްސްއަށް އެތްލެޓިކްސްއިން ވަރުގަދަ ޓީމެއް


  • އެތްލެޓިކްސްއިން 8 އެތްލީޓަކު ކޮމަންވެލްތް ގޭމްސްގައި ވާދަކުރާނެ

  • މުބާރާތް އޮންނާނީ މިމަހުގެ 23 އިން އަންނަމަހުގެ 2 އަށް ސްކޮޓްލޭންޑްގައި

މިމަހުގެ 23 އިން އަންނަމަހުގެ 2 ގެ ނިޔަލަށް ސްކޮޓްލޭންޑްގެ އެންމެ ބޮޑު ސިޓީކަމަށްވާ ގްލާސްގޮވްގައި އޮންނަ ކޮމަންވެލްތް ގޭމްސްގައި ވާދަކުރަން ގައުމީ އެތްލެޓިކްސް ޓީމުން ތައްޔާރުވެއްޖެއެވެ.

މިމުބާރާތުގައި ވާދަކުރާ ސްކޮޑް، އެތްލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ހާމަކޮށްފައިވާއިރު، ސްކޮޑުން ޖާގަ ހޯދާފައިވާ ކުޅުންތެރިންނަކީ އަހްނާ ނިޒާރު، ޒިވާ މޫސާ ޝަފީޢު، ފަސޫހާ އަހްމަދު، އާއިޝަތު ޝަބާ ސަލީމް، އާމިނަތު ލަޔާނާ މުހައްމަދު، ހުސައިން ޒީކް ސުޢާދް، އާދަމް ރިއްފަތު އަދި ހަސަން ސާއިދްއެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން ބުނެފައިވާ ގޮތުގައި ކޮމަންވެލްތް ގޭމްސްގައި ރާއްޖެއިން ވާދަކުރަން ހަމަޖެހިފައިވާ ޓީމުތަކަކީ އަންހެނުންގެ 4 ގުނަ 100 މީޓަރު ރިލޭގައި ވާދަކުރާ ޓީމާއި 4 ގުނަ 100 މީޓަރު މިކްސްޑް ރިލޭ އިވެންޓެވެ. އޭގެ އިތުރުން ވަކިވަކިން އެތްލީޓުން ވާދަކުރާ އިންޑިވިޖުއަލް އިވެންޓްތަކުގައިވެސް ރާއްޖޭގެ ގައުމީ ޓީމުންވާދަކުރާނެކަމަށް އޮލިމްޕިކް ކޮމިޓީއިންވަނީ ބުނެފައެވެ.