ޚަބަރު

މެމްބަރު އިލްހާމް ޕީޕީއެމް އަށް ސޮއިކުރައްވައިފި


ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަޙުމަދު ވެރިކަންކުރާ ޕީޕީއެމްއަށް މިރޭ ސޮއިކުރައްވައިފިއެވެ.

އިލްހާމް ޕީޕީއެމްއަށް ސޮއިކުރައްވާފައިވަނީ މިރޭ ދަރުބާރުގޭގައި އޮތް ޚާއްސަ ރަސްމިޔާތުގައެވެ. އިލްޙާމަކީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނާއި އެނޫން ގޮތްގޮތުންވެސް މިސަރުކާރަށް ތާޢީދުކުރައްވައި، އެއްބާރުލުން ދެއްވަމުންދާ ބޭފުޅެކެވެ.

އިލްހާމަކީ ރައީސް މައުމޫނު ފުރަތަމަ އުފެއްދެވި ސިޔާސީ ޕާޓީ ޑީއާރުޕީގެ މެމްބަރެއްގެ ގޮތުގައި 17 ވަނަ ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގަތް ބޭފުޅެކެވެ. ޑީއާރުޕީ ދެބައިވެ ޕީޕީއެމް އުފެއްދުމަށް އެންމެފުރަތަމަ މަސައްކަތްކުރެއްވި ބޭފުޅުންގެތެރޭގައި ވެސް އިލްހާމް ހިމެނިވަޑައިގަންނަވައެވެ. އަދި 2013 ވަނަ އަހަރު، ބޭއްވި ޕީޕީއެމްގެ ފުރަމަތަމަ ގައުމީ ޖަލްސާގައި އެޕާޓީގެ ނައިބު ރައީސްކަމަށް އިލްޙާމްނަވީ އިންތިޚާބުވިއެވެ. އެހެންނަމަވެސް އެނާވަނީ އެއަހަރުގެ ރިޔާސީ އިންތިޚާބުގެކުރިން ޕީޕީއެމްއިންވަކިވެ ޖުމްހޫރީޕާޓީއާ ގުޅިފައެވެ.