ޚަބަރު

ސީޝެލްސް މީޑިއާ ކޮމިޝަނުން ޕީއެސްއެމް އެމްޑީ އާ ބައްދަލުކޮށްފި


މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ، ސީޝެލްސްގެ މީޑިއާ ކޮމިޝަންގެ ސީ.އީ.އޯ، އަދި ޗެއަރމަން ޕީ.އެސް.އެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލާއި ބައްދަލުކުރައްވައިފިއެވެ. 

ޕީ.އެސް.އެމްގެ ރޭޑިއޯ ބިލްޑިންގްގައި ބޭއްވި މިބައްދަލުވުމުގައި، ޕީ.އެސް.އެމްގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހިމް ޚަލީލް ވަނީ،ޕަބްލިކް ސާވިސް މީޑިއާ ގެމަސައްކަތްތަކާއި، ޕީ.އެސް.އެމް އެކި ޗެނެލްތަކުގެ މަސައްކަތްތައް ކުރިޔަށްދާގޮތާއި، ޗެނެލް ތަކުގެ ކުރިއެރުމަށް ކުރިއަށް ރޭވިފައިވާ ކަންކަމާއި، ރާއްޖޭގެ މީޑިއާގެ ތަޖުރިބާ ސީޝެލްސްގެ މީޑިއާ ކޮމިޝަންގެ ސީ.އީ.އޯ، އަދި ޗެއަރމަން ޢަބްދުﷲ ޢަފީފާ ޙިއްސާކުރައްވާފައެވެ. 

މިބައްދަލުވުމުގައި ޢަބްދުﷲ އަފީފްވެސް ވަނީ ސީޝެލްސްގެ މީޑިއާ ކޮމިޝަންގެ މަސައްކަތް ކުރިޔަށްދާ ގޮތާއި، އެޤައުމުގެ މީޑިއާތަކުގެ މަސައްކަތާއި، އަދި މީޑިއާ ރެގިއުލޭޓްކުރާ އިދާރާތަކުގެ މަސައްކަތްތައް ޕީ.އެސް.އެމްއާއި ހިއްސާ ކުރައްވާފައެވެ.

ޕީ.އެސް.އެމަށް ފަންނީ ގޮތުން އައިސްފައިވާ ކުރިއެރުން ބަޔާންކުރައްވާ، ޚަބަރުތަކާއި، ޕްރޮގްރާމްތަކަށް އަފީފް ވަނީޢްރީފް ކުރައްވާފައެވެ. 

އަދި ޕީ.އެސް.އެމް ގެ ޗެނެލްތަކުގައި މިހާރު ދީނީ ޕްރޮގްރާމްތަކަށް ދޭ އަހައްމިއްޔަތު، ޢަފީފް ފާހަގަކުރެއްވިއެވެ. 

މިބައްދަލުކުރެއްވުމުގައި ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަޠީފާއި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޝާޔަން ޝާހިދުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. 

އަބްދުﷲ ޢަފީފަކީ ރާއްޖެއަށް އުފަން ސީޝެލްސްގެ ރައްޔިތެކެވެ.