ފީފާ ވޯލްޑްކަޕްގެ ކުއާޓަރ ފައިނަލުގައި ނޯވޭ އާއި ދެކޮޅަށް އިންގްލެންޑް ނިކުންނައިރު ޕްރެޝަރ އޮތީ އިންގްލޭންޑަށް ކަމަށް ނޯވޭގެ ފޯވަޑް އާލިން ހާލަންޑް ބުނެފި އެވެ.
1998 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ވޯލްޑްކަޕްގައި ނޯވޭ އިން ވާދަކުރާއިރު, ކުއާޓަރ ފައިނަލުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ހާލަންޑް ބުނެފައިވަނީ އިންގްލޭންޑަކީ ވޯލްޑްކަޕްގެ ފޭވަރިޓެއް ކަމަށެވެ.
"އިންގްލޭންޑަކީ މި މުބާރާތުގެ ފޭވަރިޓުންގެ ތެރޭގައި ހިމެނޭ ޓީމެއް އެހެންކަމުން ޕްރެޝަރ އޮންނާނީ އެ ޓީމަށް. އަދި އަހަރެންގެ އެދުމަކީ ހުރިހާ ނޫސްވެރިންވެސް އިންގްލޭންޑްގެ ކުޅުންތެރިންނަށް އެ ޕްރެޝަރ ދިނުން." ހާލަންޑް ބުންޏެވެ.
ނޯވޭ މި މުބާރާތުގެ ކުއާޓަރ ފައިނަލަށް ގެންގޮސްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ އުމުރުން 24 އަހަރުގެ ހާލަންޑް ވަނީ ނޯވޭ އެންމެ ފަހުން ކުޅުނު ވާދަވެރި 14 މެޗުގައި ލަނޑު ޖަހާފަ އެވެ. އަދި އޭނާ ވަނީ ފީފާ ވޯލްޑްކަޕްގައި މިހާތަނަށް 7 ލަނޑު ޖަހާފަ އެވެ.
ނޯވޭ އިން ފީފާ ވޯލްޑްކަޕްގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ގަދަ 16 ގައި ބްރެޒިލް ބަލިކުރުމަށްފަހުގަ އެވެ.
އިންގްލޭންޑަށް އުފަން ހާލަންޑް މިދިޔަ އަހަރު ބުނެފައިވަނީ ނޯވޭ އަށް ފީފާ ވޯލްޑްކަޕް ކާމިޔާބު ކުރުމުގައި އޮތީ %0.5 ގެ ޗާންސެއް ކަމަށެވެ.