ޚަބަރު

ކޮމަންވެލްތުން ވަކިވާން މަޖިލީހުން ފާސްކުރައްވައިފި


ކޮމަންވެލްތުން ރާއްޖެ ވަކިވާން ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފިއެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކޮމަންވެލްތުން ރާއްޖެ ވަކިވާން ފާސްވީ، އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެމްބަރުންގެ ތެރެއިން 39 މެމްބަރުންގެ އަޤްލަބިއްޔަތުންނެވެ. ކޮމަންވެލްތުން ވަކިވާން ނުފެންނަކަމަށް ވޯޓްދެއްވީ 18 މެމްބަރެކެވެ. ވަކިކޮޅަކަށް ވޯޓްނުދެއްވާ 3 މެމްބަރަކު ތިއްބެވިއެވެ. 

ކޮމަންވެލްތުން ރާއްޖެ ވަކިވާން މަޖިލީހުން ފާސްކުރައްވާފައި މިވަނީ، ކޮމަންވެލްތުން ރާއްޖެ ވަކިވުމާ ގުޅޭގޮތުން މަޖިލީހުގެ ލަފަޔަކަށް ރައީސުލްޖުމްހޫރިއްޔާ އެދި ފޮނުއްވާފައިވާ މައްސަލަ ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާކުރުމަށްފަހުއެވެ. 

ކޮމަންވެލްތުން ރާއްޖެ ވަކިވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވިއިރު، ސަރުކާރުން ވަނީ ކޮމަންވެލްތުން ރާއްޖެ ވަކިވާން މިމަހުގެ 13 ވަނަ ދުވަހު ނިންމަވާފައެވެ.