ވިޔަފާރި

ޑޮލަރުގެ އަގު ބޮޑެއް ނުކުރާނަން- އެމްއެމްއޭ


ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އެމެރިކާ ޑޮލަރު ގަނެވިއްކާ އަގު ބޮޑުކުރަން އުޅޭކަމަށް ދެކެވެމުންދާ ވާހަކަތައް އެ ބޭންކުން ދޮގުކުރައްވައިފިއެވެ.

ޕީއެސްއެމްއިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން އެމްއެމްއޭގެ އިންފޮމޭޝަން އޮފިސަރ މަންސޫރު ޒުބައިރު ވިދާޅުވީ، ޑޮލަރު ގަނެވިއްކާ ރޭޓް ބޮޑުކުރަން އުޅޭކަމަށް ދެކެވެމުންދާ ވާހަކަތަކަކީ އެއްވެސްކަހަލަ އަސްލެއްގެ މައްޗަށް ބިނާކޮށް ދައްކަމުންދާ ވާހަކައެއް ނޫންކަމަށެވެ. އަދި ރައްޔިތުންގެ ހިތުގައި ނުތަވަސްކަން އުފޭދެގޮތަށް، އެފަދަ ވާހަކަތައް ނުދެއްކުމަށް އިލްތިމާސްކުރައްވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

ޑޮލަރު ގަނެވިއްކާ ރޭޓަށް އެންމެފަހުން ބަދަލު ގެނެސްފައިވަނީ، ދެހާސް އެގާރަވަނަ އަހަރުގެ އޭޕްރިލްމަހުއެވެ. އެއަހަރު ޑޮލަރު ގަނެވިއްކުމުގެ ރަސްމީ ރޭޓެއްގެ ގޮތުގައި މަރުކަޒީ ބޭންކުން ހަމަޖައްސާފައިވާ އެންމެ މަތީ އަގަކީ، ފަނަރަ ރުފިޔާ ސާޅީސް ދެ ލާރި އެވެ.