 
					
									
			އިންޑޮނޭޝިއާގެ ވެރިރަށް ބާލީގައި ފެށުމަށް ހަމަޖެހިފައިވާ އޭބީޔޫ ޓީވީ ސޯންގް ފެސްޓިވަލުގައި ބައިވެރިވުމަށް ފުރަތަމަ މޯލްޑިވިއަން އައިޑަލް ލައިޝާ ޖުނައިދު ރޭ ފުރައިފިއެވެ.
 
ބާލީއަށް ފުރުމުގެ ކުރިން އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި ޕީއެސްއެމްއަށް ދިން އިންޓަވިއުއެއްގައި ލައިޝާ ބުނީ ޕީއެސްއެމްއިން ހޯދައިދިން މި ފުރުސަތަކީ އޭނާގެ ލަވަކިއުމުގެ ކެރިއަރުގައި، ކުރިއަށްދިއުމަށް ލިބުނު ވަރަށް ރަނގަޅު ފުރުސަތެއްކަމަށެވެ.  އަދި ބައިނަލްއަޤްވާމީ ސްޓޭޖެއްގައި ދިވެހި ޤައުމު ތަމްސީލްކުރަން ފުރުސަތުލިބުމުން އެކަމާއި ފަޚުރުވެރިވާކަމަށާއި، މި ފެސްޓިވަލުގައި ހުށަހަޅައިދޭނީ ވަރަށް ދިވެހިވަންތަ ހުށަހެޅުމެއްކަމަށް ވެސް ލައިޝާ ބުންޏެވެ. 
 
ގާތް ގަނޑަކަށް ތޭރަ ޤައުމެއްގެ އާޓިސްޓުން ތަމްސީލްކުރާ އޭބީޔޫ ޓީވީ ސޯންގް ފެސްޓިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރުދުވަހު އިންޑޮނޭޝިއާގެ ވެރިރަށް ބާލީގައެވެ. 
 
މި ފެސްޓިވަލުގައި އަފްޢާނިސްތާން، ޗައިނާ، ހޮންގކޮންގ، އިންޑޮނޭޝިއާ، ޖަޕާން، ކަޒަކަސްތާން، ޓައިވާން އަދި ތައިލެންޑުގެ ލަވަކިއުންތެރިން ބައިވެރިވެއެވެ.